ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުންޏަކަށް ނުކަތާވަރަށް މުވައްޒަފުން ނެގުމަކީ ކޮރަޕްޝަނަށް މަގު ފަހުވެގެންދާ އަމަލެއް: މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުޞްތަފާ އިބްރާހިމް--- ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުންޏަކަށް ނުކަތާވަރަށް ނުވަތަ އެތަނަނެއްގައި މަސައްކަތް ނެތް މިންވަރަށް މުވައްޒަފުން ނެގުމަކީ ކޮރަޕްޝަނަށް މަގު ފަހުވެގެންދާ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުޞްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މުސްތަފާ ވިދާޅުވީ ކުންފުންޏަކަށް އާމްދަނީ ނުވަންނަ މިންވަރަކަށް ވަޒީފާތައް ގެނައުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި އެތަނަކަށް ނުކަތާ ވަރަށް ނުވަތަ އެތަނެއްގައި މަސައްކަތް ނެތް މިންވަރަށް ވަޒީފާ ދިނުމަކީ ހަގީގަތުގައި އިންސާފުން ބޭރުވުންކަމަށާއި ކޮރަޕްޝަނަށް މަގުފަހިވެގެންދާ އެއްކަންތައް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެގޮތަށް ވަރަށް ބައިވަރު ވަޒީފާތައް ދީފައިވާ މުވައްޒަފުން ފެނަކައާއި އެހެން ކުންފުނިތަކުގައި ވެސް ތިބި ކަމަށެވެ. މުސްތަފާ ވިދާޅުވީ މުވައްޒަފުން ވަކި ކުރަނީ ސަރުކާރުގެ އެފަދަ ގޯސް ވިސްނުމެއް އޮވެގެން ނޫންކަމަށެވެ. އެހެންނަމަވެސް އެހެން ވަޒީފާތައް ދީފައި އޮތުމުން އިންސާފަށް ކަންކަން ނުކުރެވި އޮތް ކަމަށެވެ.

އެފަދައިން ގިނަ މުވައްޒަފުންތަކެއް ނެގުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރައްޔިތުންނަށް ހިދުމަތް ދޭން އޮތް ކުންފުންޏެއް ބަނގުރޫޓު ވެގެން ދިއުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ކުންފުނި ބަނގުރޫޓުވެ ރައްޔިތުންނަށް ފޯރުކޮށްދޭބް ޖެހޭ ހިދުމަތް އޮތީ ފޯރުކޮށްނުދެވި ކަމަށެވެ.

މިހާރުވެސް ބައެއް ރަށްރަށުގައި އިންޖީނުތަކުގައި މައްސަލަތައް ޖެހެމުން މިއަންނަނީ. ފެނަކައިން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާއެއް ފެނަކައަކުން ކްރިއޭޓެއް ނުކުރެވޭ، ޖެނެރޭޓެއް ނުކުރެވޭ ކުންފުންޏެއް ގޮތުގައި މިއޮތީ. އަޅުގަނޑަށް ބައެއް ފަހަރު ހީވޭ މިހާރު އަސްލު ފެނަކަ އުފެއްދި މަގުސަދެއްވެސް ހާސިލެއް ނުވެޔޭ. އެހެންވީމާ އެހެން ކޮންމެސް ގޮތެއްވެސް ހޯދަން ޖެހޭ

މެމްބަރު މުސްތަފާ ވިދާޅުވީ މި ސަރުކާރާއި ހިސާބަށް ފެނަކަ އައިއިރުވެސް ކުންފުނި އޮތީ ދަރާ ވިކިފައި ކަމަށެވެ. އެހެންނަމަވެސް މިހާރުވެސް އޭގެން ބޮޑުބައެއް ދައްކާ، ދަރާފައިވާ ފަރާތްތަކަށް ފައިސާވެސް ދީފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ. މުސްތަފާ ވިދާޅުވީ އެފައިސާ ދިން ނަމަވެސް ކުންފުންޏަށް އަދިވެސް ރަނގަޅަށް މަސައްކަތް ކުރެވޭ ވަރު ނުވާ ކަމަށެވެ.

ފެނަކަ އަކީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި އޮތް ތަނެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ. ފެނަކަ ނަގާ ކޮޅަށްޖެހުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެގެން ދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. ފެނައިކައިގެ ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު ވަރަށް ބޮޑެތި ކަންކަން ހުރި ކަމަށާއި އަމިއްލަ ކުންފުނިތަކަށްވެސް އެތައް މިލިއަނަކުން އޮތީ ދަރާފަ ކަމަށް މެމްބަރު މުސްތަފާ ވިދާޅުވިއެވެ.

މީގެއިތުރުން މުސްތަފާ ވިދާޅުވީ ފެނަކަ މިހާރު އޮތް ހާލަތުގައި އޮތުމުން މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށްވެސް އޮތީ ދަތިވެފައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: