ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ޒަކާތު ހައުސްގެ އެހީގައި ގާޒާއަށް ބޯފެން ފޯރުކޮށްދީފި

ރާއްޖޭގެ ޒަކާތު ހައުސްގެ އެހީގައި ގާޒާގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދެނީ -- ފޮޓޯ: ގަތަރު ރެޑް ކްރެސެންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޒަކާތު ހައުސްގެ އެހީގައި ފަލަސްތީނުގެ ގާޒާއަށް ބޯފެން ފޯރުކޮށްދީފި އެވެ.

މި އެހީ ފޯރުކޮށްދީފައި ވަނީ ގަތަރު ރެޑްކްރެސެންޓު މެދުވެރިކޮށެވެ. އަދި ގަތަރު ރެޑް ކްރެސެންޓުން ވަނީ ބޯފެން ބެހުމުގެ މަސައްކަތް މިހާރު ފަށާފައެވެ.

ގަތަރު ރެޑްކްރެސެންޓުން ބުނި ގޮތުގައި ރާއްޖޭގެ ޒަކާތު ހައުސްގެ އެހީގައި ގާޒާގެ އަލް ޝިފާ އަދި އަލް ހަޔާތް ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ވަނީ 6،000 ފެންކޭސް ފޯރުކޮށްދީފަ އެވެ.

ރާއްޖޭގެ ޒަކާތު ހައުސްގެ އެހީގައި ގަޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް 50،000 ކޭސް ފެން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ގަތަރު ރެޑްކްރެސެންޓުން ފާހަގަކުރި ގޮތުގައި މިއީ ގާޒާގެ 60،000 އެއްހާ ރައްޔިތުންނަށް ފޯރުކޮށްދޭ އެހީއެކެވެ.

މީގެއިތުރުން މި އެހީގެ މައުލޫމާތުތައް ހިއްސާކޮށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސްގެ އެހީ ގަޒާގެ ރައްޔިތުންނަށް ވާސިލުވެފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގެ ޒަކާތުގެ އޮދާރާއިން ބޭރުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންތަކަކަށް އެހީވާ ފުރަތަމަ ފަހަރުކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓްރީން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: