ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުއްތު ކުދިންގެ ”ޗައިލްޑް ހެލްތު ރެކޯޑް“ ފޮތުގެ ގިނަ މައުލޫމާތު ޑިޖިޓަލްކޮށްފި

"މިހިސް" ގާއިމުކުރުމުގެ މަސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

”މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމް“ ( މިހިސް ) ގެ ޕަބްލިކް ޕޯޓަލް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެގައި މި ޕޯޓަލް އިފްތިތާޙް ކޮށްދެއްވީ ހެލްތު މިނިސްޓަރ އަބުދުﷲ ނާޡިމް އިބްރާހީމްއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ”މިހިސް“ ގާއިމުކުރުމުގެ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި މައުލޫމާތު އެއްކުރުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކުގައި ހިމެނޭ މައުލޫމާތު އެއްހަމަކޮށް، ޞިއްހީ މައުލޫމާތު އެއްތަނަކުން ފޯރުކޮށްދިނުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ. މި ޕޯޓަލްގެ މަޤްޞަދަކީ ޢާންމުންނަށް މުހިއްމު ސިއްޙީ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްކާތެރިކަމާއިއެކު އަދި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި ޕޯޓަލްގައި 01 ޖެނުއަރީ 2025 އިން ފެށިގެން އުފަންވާ ތުއްތު ކުދިންގެ ވެކްސިން ކާޑުގައި ހުންނަ މައުލޫމާތު ފެންނަން ހުންނާނެއެވެ. އެގޮތުން ޑިޖިޓަލް ވެކްސިނޭޝަން ކާރޑާއި، ހެދި ބޮޑުވުމުގެ ޗާރޓާއި ހެދިބޮޑުވަމުންދާ މިންވަރު ދެނެގަނެވޭނެ ހަރުފަތްތަކާއި ކުއްޖާއަށް ދޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މައުލޫމާތު ބެލެނިވެރިންނަށް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.

މީގެ އިތުރުން ހެދިބޮޑުވަމުންދާ މިންވަރު މޮނިޓަރކޮށް، ވެކްސިން ޖަހަންޖެހޭ ދުވަސް ކަރިވުމުން ބެލެނިވެރިންނަށް ހަނދާންކޮށްދިނުމަށް މި ސިސްޓަމް މެދުވެރިކޮށް ނޮޓިފިކޭޝަން ލިބިގެންދާނެއެވެ.

ހަމައެއާއެކު، ޕްރައިމަރީ ހެލްތު ކެއަރ މޮޑިއުލް ރޯލްއައުޓް ކުރަމުންދާ އަތޮޅު ތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެފަރާތެއްގެ މައުލޫމާތު މި ޕަބްލިކް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.

އަދި މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމްގައި އެންރޯލްވެފައިވާ ފަރާތްތަކުގެ ތެރެއިން ފޮލޯއަޕް ހަދަންޖެހޭ ފަރާތްތަކަށް ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސް ކައިރިވުމުން ނޮޓިފިކޭޝަނެއް ލިބިގެންދާނެއެވެ. ކުރިމަގުގައި މި ޕޯޓަލް އިތުރަށް ފުޅާކޮށް، އާންމު ޞިއްޙަތާއި ގުޅުން ހުރި މައުލޫމާތުތަކުގެ އިތުރުން ޑޮކްޓަރަށް ދައްކައިގެން ހޯދަމުންދާ ފަރުވާ އާއި ޑައިގްނޯސްޓިކްސް ޓެސްޓު ތަކުގެ ނަތީޖާތައްވެސް ފެންނަންހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން، ރާއްޖޭގައި ހުންނަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: