2004 ވަނަ އަހަރުގެ ސުނާމީއާ ކުރިމަތިވި ދުވަހު ދިވެހިން ދެއްކީ ޤައުމީ އެއްބައިވަންތަކަމުގެ ނަމޫނާ މިސާލެއްކަމަށް ނައިބްރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބްރައީސް އެފަދައިން ވިދާޅުވީ، ވިލުންތެރި 20 މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބްރައީސް ވިދާޅުވީ، ސުނާމީ ކާރިސާއަކީ ހިތާމަވެރި، އެތައް ގެއްލުންތަކެއް ލިބިގެން ދިޔަ ކާރިސާއެއް ކަމަށެވެ. އެ ކާރިސާގައި ޤައުމަށް އެކި ގޮތްގޮތުން ލިބިގެންދިޔަ ގެއްލުންތަކަށް ނައިބްރައީސް އަލިއަޅުވާލެއްވިއެވެ.
މިއީ އެ ދުވަހުގެ ހަނދާންތަކުން މިއަދުވެސް ލޮލުން ކަރުނަ ހިލޭ އެއް ދުވަސް، ސުނާމީގެ ރާޅުތައް އުތުރުން ދެކުނަށް މި ޤައުމު ދޮވެލީ އެ ރާޅުތަކުގެ ކުރިމަތީގައިވާ ކޮންމެ އެއްޗެއް ސުންނާފަތި ކުރަމުން. ގެދޮރާ ސްކޫލުތަކާ ހޮސްޕިޓަލުތައް ބޭނުން ނުކުުުރެވޭ ވަރަށް ހަލާކުވެ، ދިވެހި ރައްޔިތުންގެ ބޮޑު ބައެއް ވަގުތީ ބޯހިޔާވަހިކަމުގައި އުޅެން ޖެހުނު
ނައިބްރައީސް ވިދާޅުވީ، އެ ދުވަހު ދިވެހިން ދެއްކީ ޤައުމީ އެއްބައިވަންތަކަމުގެ ނަމޫނާ މިސާލެއް ކަމަށެވެ. އެ ދުވަހު ދިވެހިން ހިތްވަރު ނެރުނީ އެކަކު އަނެކަކުގެ ކިބައިންކަމަށްވެސް ނައިބްރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، މިހާރު ކާރިސީ ހިރާސް ކުޑަކުރުމަށް އިސްކަންދީގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާކަމަށްވެސް ނައިބްރައީސް ވިދާޅުވިއެވެ.
ނައިބްރައީސްގެ ވާހަކަކޮޅު ނިންމަވާލެއްވީ ސުނާމީ ކާރިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

