ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕު ލިބޭ އެތްލީޓު އިއުލާނުކޮށްފި!

އެތުލީޓު އައިޝަތު ހިމްނާ ހަސަން: ފޮޓޯ/ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބެންކް އޮފް މޯލްޑިވްސްގެ ސްޕޯޓްސް ސްކޮލަޝިޕް މި އަހަރު ލިބޭ އެތުލީޓު ހޮވައިފިއެވެ.

ބެންކުން މައުލޫމާތު ދީފައިވާގޮތުން އެ ބެންކުގެ ސްޕޯޓްސް ސްކޮލަޝިޕަކީ އެއް އަހަރުގެ މުއްދަތަކަށް ދޫކުރާ ސްކޮލަޝިޕެއްކަމަށެވެ. އަދި މި އަހަރު ލިބިފައިވަނީ އެތްލެޓިކްސްގެ ދާއިރާގެ އެތްލީޓެއްކަމަށްވާ އާއިޝަތު ހިމްނާ ހަސަން ކަން ހާމަކޮށްފައިވެއެވެ. މި ސްކޮލަޝިޕްގެ ދަށުން ކުރިއަށް ގެންދާ އެއް އަހަރު ދުވަހުގެ ތަމްރީނު ލިބިގަތުމުގެ މަސައްކަތްތައް ކުރިއަށް ދާނީ ޖަމައިކާގައި ހުންނަ ސްޕްރިންޓެކް ޓްރެކް ކްލަބްގައިކަމަށްވެސް ބުނެފައިވެއެވެ.

ބީއެމްލއެމްގެ މި ސްކޮލަޝިޕަކީ އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށާއި، ފުރިހަމަ ކާމިޔާބީއަކަށް ވާސިލުވުމަށްޓަކައި އެހީތެރިވެދިނުމުގެ ގޮތުން ހުރިހާ ހަރަދަކާއިއެކު ރާއްޖެއިން ބޭރުގައި ހައި ޕާފޯމެންސް ޓްރެއިނިންގް ސެންޓަރުތަކުން ތަމްރީނު ހޯދުމަށް ފުރުސަތު ފަހިކޮށްދޭ ސްކޮލަޝިޕެއްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދަނީ މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއާއި ގުޅިގެންކަމަށްވާއިރު އެތުލީޓު ހޮވާފައިވަނީވެސް އެ އެސޯސިއޭޝަނުންކަމަށް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: