ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށައަޅައިފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

ޕީޖީ އޮފީހުން މީޑީއާތަކަށް މައުލޫމާތު ދީފައިވާގޮތުން 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރަން ކަނޑައެޅިފައިވާ މަސައްކަތްތައް އެ ކުންފުނިން ފުރިހަމަކޮށްފައިނުވާކަމަށެވެ. އަދި ފެނަކަ ކުންފުނިންވަނީ މަސައްކަތްތައް ނިންމިކަން ކަށަވަރުކުރުމެއް ނެތި މަސައްކަތްތަކަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިކަމަށާއި އެ ކުންފުންޏަށް ނާޖާއިޒް މަންފާތަކެއް ހޯދައިދީފައިވާކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަން ހާމަކޮށްފައިވެއެވެ. ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީގެ އިތުރުން އިސްވެރިއެއްގެ މައްޗަށެވެ. އެގޮތުން އެމްޑީ ސައީދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ކުރުމަށް ކަނޑައެޅިފައިވާކަމަށާއި މިކަމުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުންކަމަށެވެ.

ޕީޖީ އޮފީހުންވަނީ އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށްވެސް މި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ. އެހެންކަމުން ސާބިތުވެއްޖެ ހާލަތެއްގައި 1 އަހަރާއި 7 މަސް އަދި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބުނެފައިވެއެވެ. މި އަމަލުތަކުގެ ސަބަބުން ފެނަކަ ކުންފުންޏަށް 8،48،000 ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ބުނެފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: