ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމާއި އެއްގޮތަށް އަދީބު ދައްކަންޖެހޭ 1 މިލިއަން ރުފިޔާ ދައްކަން 1 މަސް!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާގެ ތެރެއިން ނުދެއްކިވާ 1 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ވަނީ ސާބިތުވެފައެވެ. އެހެންކަމުން އަދަބެއްގެ ގޮތުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއެވެ.

އެހެންނަމަވެސް އޭގެ ތެރެއިން 1 މިލިއަން ރުފިޔާ އަދީބުުގެ ފަރާތުން އަދިވެސް ދައްކާފައިނުވާތީ ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގައި ސިވިލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމުގައި ވަނީ އެ ފައިސާ އެއްފަހަރާ ދައްކަން އުނދަގޫ ކަމަށް އަދީބުގެ ފަރާތުން ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އަދީބަށް ދިނުމަށް ދައުލަތުން އިންކާރުވެސް ކުރެއެވެ.

އެހެންކަމުން ސިވިލް ކޯޓުން ވަނީ މި މައްސަލައިގައި ދެފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ދައުލަތަށް ދައްކަން އަންގައި މައްސަލަ ނިންމާފައެވެ. 

އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.

އަދީބާއި އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް އޭރު އެކުލަވާލާފައިވާއިރު، އޭގެ ދަށުން އޭނާގެ މައްޗަށް އޭރު އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. 2020، އޮކްޓޯބަރ 5 ގައި ކުރި ހުކުމުގައި ވަނީ އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ފަހުން މިދިޔަ ސަރުކާރުގައި ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ އަދީބު ޖަލު ޙުކުމުން މިނިވަން ކުރައްވާފައެވެ. ނަމަވެސް ޖޫރިމަނާ ފައިސާއަކީ އަދީބު ދައްކަން ޖެހޭ ފައިސާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: