ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްރޯނެޓް ކުންފުނި އުވައެއް ނުލަން، ކުރެވިފައިވަނީ އެ ކުންފުނި ހަރުދަނާކުރުމުގެ މަސައްކަތްތައް: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު:ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެގްރޯނެޓް ކުންފުނި ސަރުކާރުން އުވާލާފައިވާކަމަށް ބުނެ ދެކެވެމުން ދަނީ ހަގީގަތާއި އެއްގޮތް ވާހަކަތަކެއް ނޫންކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގއ ނިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވަމުންދާ ކަންކަމުގައި ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަކީ ރަށުގެ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ، ރަށުގައި ކުރަމުންދާ މަސައްކަތްތަކަށްވެސް ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނެވިގެންދިއުން މުހިންމުކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ވެސް ހުރީ ނުނިމިކަމަށާއި ރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުން ވެސް މުހިންމުކަމަށެވެ. ވަކިން ހާއްސަ ގޮތެއްގައި ފުޓްސެލް ދަނޑެއް ބިނާކުރުމުގެ މަސައްކަތްތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަންކަމަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރަށުގެ ސުކޫލު ކުރިއެރުވުމަށްޓަކައިވެސް މުހިންމު ކަންތައްތަކެއް ކުރަން ހުރިކަމަށެވެ. އެގޮތުން މަލްޓިޕާޕަސް ހޯލެއް ބިނާކޮށްދެއްވާނެކަން ކެމްޕެއިން ދުވަސްވަރުގައި ވައުދުވެވަޑައިގެންނެވިކަމަށާއި އެކަން ހަނދާނުން ކައްސާލާފައިނުވާކަން ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވެވަޑައިގެންފައިވާގޮތުގެ މަތިން އެ ވައުދު ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ރަށުގެ ދަނޑުވެރިންގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކުރުމަށް ކައުންސިލުގެ ފަރާތުން އެދިފައިވާކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އެގްރޯނެޓް ނުވަތަ އެހެން މަގަކުންވިޔަސް ރަމަޟާން މަހުގެ ކުރިން އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކަމަށް ދާއިމީ ހައްލެއްވެސް ލިބެންޖެހޭކަމަށެވެ.

އެގްރޯނެޓް ކުންފުންޏާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވައި ރައީސް ވިދާޅުވީ، ސަރުކާރުން އެ ކުންފުނި އުވާލާފައިނުވާކަމަށާއި ބައެއް ފަރާތްތަކުން އެކުންފުނި އުވާލާފައިވާކަމަށް ބުނެ ވާހަކަތަކެއް ދައްކަމުންދަނީ ހަގީގަތަށް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯންގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ވުދޫޖު ކޮށްފައިވާކަމަށެވެ. އަދި އެގްރޯނެޓުވަނީ އެ ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެއްގެ ގޮތުގައި ބަދަލުކޮށްފައިކަން ހިއްސާކުރެއްވިއެވެ.

އެހެންކަމުން އެގްރޯނެޓު ކުންފުނި އުވިގެން ގޮސްފައިނުވާކަމަށާއި ކުރެވިފައިވާ މަސައްކަތްތަކަކީ އެ ކުންފުނީ ހިންގާ ގޮތް ހަރުދަނާ ކުރުމާއި އިތުރަށް ފުޅާކުރުމަށް ނިންމުންކަމަށެވެ. އަދި އެގްރޯނެޓް ނުވަތަ އެ ނިޒާމުގެ ތެރެއިން ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް މައުލޫމާތު ދެއްވިއެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ބަލާއިރު ދަނޑުވެރިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭ ދާއިރާއެއްކަމަށާއި ސަރުކާރުގެ ވިސްނުމަކީ މިހާރަށްވުރެ ބޮޑަށް އެ މަސައްކަތްތައް ރަނގަޅުކުރުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހާލައިގެން ސަރުކާރުންވަނީ މުހިންމު މަސައްކަތްތަކެއް ފަށާފައިކަމަށާއި އެފަދަ އިންވެސްޓުމެންތަކަށް ފުރުސަތު ހުޅުވާލައިގެން އެފަދަ މަސައްކަތްތައް ރާއްޖޭގައި ގާއިމުކުރުމަށް ވަރަށް ބާރު ދުވެއްޔެއްގައި މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: