ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު ނިމޭއިރު ބޭރު ފައިސާގެ ރިޒާވު 7.88 އިންސައްތަ އިތުރުވާނެކަމަށް ބެލެވޭ: ފިނޭންސް މިނިިސްޓްރީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރު ދިވެހިރާއްޖޭގެ ރަސްމީ ރިޒާވުގައިވާ ޑޮލަރުގެ އަދަދުތައް 7.88 އިންސައްތައިން އިތުރުވާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭ މައުލޫމާތުތަކުގައިވާގޮތުން މި އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދު 6.4 އިންސައްތައިން ކުރިއަރައިގެންދާނެކަމަށް ބެލެވެއެވެ. އަދި އިގްތިސާދުގެ ދުވެލިވެސް ނޯމަލައިޒްވެގެންދާނެކަމަށް އަންދާޒާ ކުރެވޭކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން 5.5 އިންސައްތައިން އިތުރުވެގެންދާނެކަމަށްވެސް ބެލެވޭކަމަށް ހިއްސާކޮށްފައިވެއެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން މެދުރާސްތާގައި ރާއްޖޭގެ އުފެއްދުންތެރިކަން 5.9 އިންސައްތައިން އިތުރުވަމުންދާނެކަމަށް ލަފާކުރެވޭކަމަށާއި މި އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައްވެސް އިތުރުވެގެންދާނެކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއިއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް 2.2 މިލިއަނަށް އަރާނެކަމަށާއި ބެޑްނައިޓްސްގެ އަދަދުތައް 14.9 މިލިއަނަށް އަރާނެކަމަށް ބެލެވޭކަމަށެވެ.

އެއަރޕޯޓުގެ އައު ޓާމިނަލް މި އަހަރުގެ ތެރޭގައި އޮޕަރޭޓްކުރަން ފެށުމާއިއެކު، ކެޕޭސިޓީ އިތުރުވެގެންދާނެއިރު އެކަމުގެ ސަބަބުން މެދުރާސްތާގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދާނެކަމަށް ބަޖެޓާއި ގުޅޭ މައުލޫމާތުތަކުގެ ތަފްސީލުގައިވެއެވެ. އެހެންކަމުން މެދުރާސްތާގައި މި ސިނާއަތުގެ އުފެއްދުންތެރިކަން 7.1 އިންސައްތައިން އިތުރުވަމުންދާނެކަމަށް ބެލެވޭކަމަށް ފިނޭންސް މިނިސްޓްރީއިން ހިއްސާކޮށްފައިވެއެވެ،. .

ސަބްސިޑީ ނިޒާމަށް ގެނައުމަށް ކަނޑައެޅިފައިވާ ބަދަލުތަކާއި ގުޅޭ މައުލޫމާތުވެސް ބަޖެޓުގެ ތަފްސީލުގައި ހިމަނާފައިވެއެވެ. އެގޮތުން ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ރޭޓު 3.9 އިންސައްތައިގައި ހުންނާނެކަމަށް ބެލެވޭކަމަށާއި، ބަދަލުތައް ނުގެންނަ ހާލަތުގައި ނުވަތަ ލަސްކޮށްފި ހާލަތުގައި އެ ރޭޓު ހުންނާނީ 0.8 އިންސައްތައިގައިކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވާއި ގުޅޭގޮތުން ދީފައިވާ މައުލޫމާތުތަކުގައިވާގޮތުން 2023 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 590.5 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި 2024 ވަނަ އަހަރުގައި 653.6 މިލިއަން ހުންނާނެކަމަށް އޭރު އަންދާޒާކުރިއިރު 2025 ވަނަ އަހަރުގެ ތެރޭގައި މި އަދަދުތައް 7.88 އިންސައްތައިން އިތުރުވެ 705.1 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ. އަދި މި އިތުރުވުން އައުމަށް ދިމާވާ މައިގަނޑު ސަަބަބުތަކުގެ ތެރޭގައި ބޭރު ފައިސާއާއި ބެހޭ ގަވައިދުގެ ދަށުން އެމްއެމްއޭއަށް ލިބޭ ބޭރު ފައިސާގެ އަދަދުތައް އިތުރުވެގެންދިއުން ހިމެނޭކަމަށް އިޝާރާތްތަކެއް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: