ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޑީލް ފައިނަލްކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އޮފިޝަލުން

ޣައްޒާގެ ސަރަހައްދެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން ގާޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމުގެ އެންމެ ފަހުގެ މަރުޙަލާ ފެށިފައިވާކަމަށް ފަލަސްތީނުގެ އޮފިޝަލަކާ ޙަވާލާދީ ބީބީސީން ރިޕޯޓު ކޮށްފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ހަނގުރާމަ ހުއްޓާލައި، އަސީރުން ބަދަލު ކުރުމުގެ އެންމެ ފަހުގެ މަޝްވަރާތައްކޮށް، ގޮތްތަކެއް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. އެގޮތުން މިކަމުގައި ވަރަށް އަވަހަށް ގޮތްތަކެއް ނިމިގެންދާނެކަމަށް އިޒްރޭލުގެ އޮފިޝަލުންވެސް ވަނީ ނޫސްތަކަށް މައުލޫމާތު ދީފައެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރަމުންދަނީ ޤަތަރުގެ ޝެއިޙް ތަމީމް ބިން ޙަމަދް އަލް ސާނީއެވެ. އެގޮތުން އޭނާ މެދުވެރިއަކަށްވެ، އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި މައްސަލައާ ގުޅިގެން ވާހަކަ ދައްކާފައެވެ.

މިހާރު އެއްބަސްވެވިފައިވާ ގޮތަކީ ފުރަތަމަ ދުވަހު ޙަމާސްއިން 3 އަސީރުން ދޫކޮށްލުމާއެކު އިޒްރޭލުން ގާޒާގެ ބައެއް ސަރަޙައްދުތަކުގައި ތިބި ސިފައިން އަނބުރާ ގެނައުމަށްކަމަށް ފަލަސްތީނުގެ އޮފިޝަލު ބީބީސީއަށް ވިދާޅުވިއެވެ.

އެއަށްފަހު އަނެއްކާވެސް ޙަމާސްއިން އިތުރު އަސީރުން ދޫކޮށްލުމުން، ގާޒާގެ ދެކުނުގައި ޙާލުގައި ޖެހިފައިވާ ފަރާތްތައް އުތުރަށް ބަދަލުވުމުގެ ހުއްދަ އިޒްރޭލުން ދިނުމަށް އެއްބަސްވެވިފައިވާކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އޭގެ އިތުރުންވެސް ޙަމަލާ ބަދަލު ކުރުމުގެ އިތުރު މަރުޙަލާތައް ކުރިއަށްދާނެކަމަށް އޭނާ ކިޔާދެއްވާފައިވެއެވެ.

ހަމައެއާއެކު، އިޒްރޭލުންވެސް އެ ޤައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައި ތިބި އެތައް ބަޔަކު އެބަތިބިކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: