ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި ގައުމުތަކާއިއެކު ގުޅުން ބަދަހިކުރުމުން ބައިނަލްއަގުވާމީ ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރެވޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެސްޓޯނިއާގެ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި ގައުމުތަކާއިއެކު ގުޅުން ބަދަހިކުރުމުގެ ސަބަބުން ހަމައެކަނި ކަށަވަރުކުރެވެނީ ރާއްޖޭގެ ސަލާމަތާއި ސިޔާދަތު އެކަނި ނޫންކަމަށާއި ބައިނަލްއަގުވާމީ ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާ ވިދާޅުވީ އެސްޓޯނިއާގެ ދަތުރުފުޅަކީ ތާރީހީ ތަދުރުފުޅެއް ކަމަށާއި. އަދި އެފަދަ ތާރީހީ ދަތުރުފުޅަކަށް ދައުވަތުދެއްވުމުން އެގައުމުގެ ރައީސް އާއި ސަރުކާރަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި އެސްޓޯނިއާގެ ސަރުކާރުން އަދާކުރެއްވި މެހެމާންދާރީ ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެސްޓޯނިއާގެ ރައީސްއާއިއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި ފަންނިއްޔާތު ބޭނުންކުރާ މިންވަރު އިތުރުކުރުމަށާއި ސައިބަރ އެޓޭކްތަކަާާއި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި ތައުލީމީ ދާއިރާގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން ދެ ގައުމުން ގުޅޭ އެއްގޮތް ވިސްނުމުގެ ސަބަބުން މި ދާއިރާތަކުގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުދި ގައުމުތަކާއިއެކު ގުޅުން ބަދަހިކުރުމުގެ ސަބަބުން ހަމައެކަނި ކަށަވަރުކުރެވެނީ ރާއްޖޭގެ ސަލާމަތާއި ސިޔާދަތު އެކަނި ނޫންކަމަށާއި ބައިނަލްއަގުވާމީ ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުވެގެން ދާނެ ކަމަށެވެ.

ރައީސް އެސްޓޯނިއާއަށް ކުރާއްވާ ދަތުރުފުޅަކީ އެގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި އެގައުމުގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްވެސް ވަނީ ކުރައްވާފައެވެ. އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: