ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގެޒެޓް ކޮށްފައިވާ 4000 މީހުންގެ ފައިނަލް ލިސްޓު އެކަނި ވެރިފައި ކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން އިއުލާން ކުރި 4،000 މީހުންގެ ފައިނަލް ފްލެޓް ލިސްޓު އެކަނި ވެރިފައި ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާން ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމު އަލުން އިވެލުއޭޓް ކުރުމުގެ ބަދަލުގައި، 15 ނޮވެމްބަރު 2023 ގައި ގެޒެޓުކޮށްފައިވާ 4،000 މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ މުއްތަލިބު ވިދާޅުވިގޮތުގައި، މި ޕްރޮސެސް ކުރިއަށް ގެންދާއިރު ބަލާނީ 26 ޖޫން 2022 ގައި ގެޒެޓް ކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރާ އުސޫލު ޖީ 20 އަދި އެޕްލިކޭޝަން ހުށައެޅުމަށް ތައްޔާރުކޮށްފައިވާ ގެދޮރުވެރިން ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މާލޭގައި 15 އަހަރު ވީކަން ސާބިތުކުރުމަށް ހުށައެޅިދާނެ ލިޔުންތައް ކަމަށް ޕޯޓަލްގައި ބަޔާންކޮށްފައިވާ 6 ބާވަތެއްގެ ލިޔުންތަކަކީ މި ސްކީމްގައި ފޯމުތައް އިވެލުއޭޓް ކުރުމަށް ބަލަންޖެހޭ ލިޔުންތަކެއް ކަމަށެވެ.

އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ފަރާތްތަކުން ސްކީމަށް އެޕްލައިކުރި އިރުގައި ހުށައެޅުމަށް އިއުލާންކޮށްފައިވާ އުސޫލުތަކާއި އިރުޝާދުތަކަށް ނުފެތޭ ލިޔުންތައް ހުށައަޅައިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުންވެސް މިފަދަ ލިޔުންތައް ބަލައިގަންނަން ނުފެންނަ ކަމަށް ލަފާ ދީފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންދާއިރު މިނިސްޓްރީން ކަނޑައަޅައިފައިވާނީ މާލޭގައި ދިރިއުޅުނު ކަމުގެ މުއްދަތަށް މެދުކެނޑުމެއް އައިކަމަށް 1 އަހަރުގެ މެދުކެނޑުމެއް ކަމަށެވެ.

މުއްތަލިބު ޔަގީންކަން ދެއްވީ، ވެރިފިކޭޝަން އަށް ފަހު ފައިނަލް ލިސްޓެއް ރޯދައިގެ ކުރިން ނެރޭނެ ކަމަށާއި، ވެރިފައި ކުރާ ލިސްޓު އާންމު ކުރުމަށް ފަހު އާންމުންނަށް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ދެއްވާނެ ކަމަށެވެ.

މި ނިންމުމާއެކު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ފައިނަލް ލިސްޓު އާންމުކުރުމުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މި ނިންމުމާ ގުޅިގެން ކުރިން ހުށަހަޅާފައިވާ 20،000 އެޕްލިކޭޝަނުގެ ތެރެއިން 4،000 ފިޔަވައި އެހެން ފަރާތްތަކަށް މި ފުރުސަތު ގެއްލިގެންދާނެ ކަމަށް ފާހަގަކުރެވެއެވެ.

މި ވެރިފިކޭޝަން ޕްރޮސެސްގައި އެންމެ އިސްކަމެއް ދެވޭނީ މާލޭގައި ދިރިއުޅެފައިވާ މުއްދަތު ކަށަވަރުކުރުމަށެވެ. މިގޮތުން، މެދުނުކެނޑި މާލޭގައި ދިރިއުޅުން މާނަކުރުމުގައި 1 އަހަރަށްވުރެ ދިގު މުއްދަތަކަށް މާލެއިން ބޭރުގައި ހުރުމަކީ މެދުކެނޑުމެއް ކަމުގައި ބެލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: