ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ސަަބަބުން އެމެރިކާއަށް 150 ބިލިއަން ޑޮލަރުގެ ގެއްލުން!

ލޮސްއެންގެލިސްގައި އަލިފާން ރޯވެފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ލޮސް އެންގެލިސް ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑުގެ 150 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އަލިފާން ނިއްވުމަށް ހަރަކާތްތެރިވާ މީހުން ދަނީ ވައިބާރުވުމުގެ ސަބަބުން އަނެއްކާވެސް ހުޅުގަނޑު ވަރުގަދަވެގެންދިއުމާއި ދެކޮޅަށް މަސައްކަތްތައް ކުރަމުންނެވެ. މިހާރު ނުނިވި ހަ ދުވަސްވެފައިވާއިރު ބޮޑެތި ސަރަހައްދުތައް އެކީ އެކައްޗަކަށް އަނދާ އަޅިއަށް ވެފައިވާކަމަށެވެ. އަދި އެ ސަރަހައްދު މިހާރު ފެންނަމުންދަނީ ބިރުވެރި ސިފައެއްގައިކަމަށްވެސް ބައެއް ނޫސްތަކުން ހިއްސާކޮށްފައިވެއެވެ.

އިތުރު 16 މީހަކު ގެއްލި، ހޯދާ ނުފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި 100،000 އަށްވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވިއިރު، އެކި ޒާތުގެ 12،000 އަށްވުރެ ގިނަ ބިނާތައް ބޭނުން ނުކުރެވޭ މިންގަނޑަށް ހަލާކުވެފައިވެއެވެ. އެ ސަރަހައްދުގެ އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެލްއޭގެ ރައްޔިތުންނަށްވަނީ ބަޔާންކުރަން ނޭނގޭ ފަދަ ބިރުވެރިކަމާއި ހިތްދަތިކަން ތަހައްމަލުކުރަންޖެހިފައިކަމަށެވެ.

ގެއްލިގެން ހޯދަމުންދާ މީހުންނަކީ އެލްއޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ މީހުންކަމަށްވާއިރު މިހާތަނަށް އެއްވެސް ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން ނުދާކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ. މިފަދަ ކަންކަން ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާގޮތުން އަލިފާނުގެ ސަބަބުން އެމެރިކާއަށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން 135 ބިލިއަނާއި 150 ބިލިއަން ޑޮލަރުގެ ދެމެދު އަގުކުރެވޭ މިންވަރުގެ ގެއްލުންތައް ވެފައިވެއެވެ. .

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: