ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު ހުށައެޅުނު މައްސަލަތަކާއި ގުޅިގެން 19.2 މިލިއަން ރުފިޔާގެ އަގުހުރި ތަކެތި ރިކަވަރ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ހުށަހެޅުނު އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުން 19.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ތަކެތި ރިކަވަރކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލެ ސިޓީ ޕޮލިހުގައި ހިމެނޭ މާލެ ފްރަންޓްލައިން ޕޮލިސިން، ތިލަމާލެ ޕޮލިސް އަދި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓު ތަފާސްހިސާބުތައް މިއަދު ވަނީ އާންމުކޮށްފައެވެ. މި ތަފަސްހިސާބަށް ބަލާއިރު، ފާއިތުވި އަހަރު ޖުމްލަ 1653 އައިޓަމެއް ރިކަވާކޮށްފައިވާއިރު މިތަކެތީގެ ޖުމްލަ އަގު 19.2 މިލިއަން ރުފިޔާއަށްވުރެ މައްޗަށްއަރާކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ރިކަވާކޮށްފައިވާ ތަކެތީގެ ތެރޭގައި:

  • 206 މޯބައިލް ފޯނު:1.983،564.79 ރުފިޔާ
  • 253 މޮޓޯ ސައިކަލު: 11،489،400 ރުފިޔާ
  • 107 އިލެކްޓްރޯނިކްސް އައިޓަމް: 986،843.42 ރުފިޔާ
  • އެހެނިހެން ތަކެތި ޖުމްލަ 333 އައިޓަމް: 551،206.62 ރުފިޔާ
  • 374 މައްސަލައެއް: 3،582،837.11 ރުފިޔާގެ ނަގުދު ފައިސާ
  • އެހެނިހެން 380 އައިޓަމް: 615،813.56 ރުފިޔާ

މީގެ އިތުރުން، ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ވޮލިއުމް ކްރައިމްގެ ޖުމްލަ 5242 މައްސަލަ ހުށަހަޅާފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ:

  • ވައްކަމުގެ 2،290 މައްސަލަ
  • އެކްސިޑެންޓުގެ 2،025 މައްސަލަ
  • ފޭރުމުގެ 414 މައްސަލަ
  • މަސްތުވާތަކެތީގެ 236 މައްސަލަ
  • މާރާމާރީގެ 358 މައްސަލަ

މިދިޔަ އަހަރު މާލެ ސިޓީ ޕޮލިހުން ކޮށްފައިވާ ތަހުގީގުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 9،154 މައްސަލަ ތަހުގީގުކޮށްފައިވާއިރު އޭގެތެރެއިން ކޭސްކޮށްގެން 7،157 މައްސަލައެއް ތަހުގީގުކޮށްފައިވާކަމަށާއި 6،645 މައްސަލައެއް ފައިލްކުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 64 މައްސަލަ ޕީޖީ އޮފީހަށް ފޮޮނުވާފައި ވެއެވެ.

މި މައްސަލަތަކުގައި ޖުމްލަ 1000 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭގެ ތެރޭގައި ހައްޔަރުކޮށްފައިވާ 805 މީހަކު ހިމެނެއެވެ.

މިދިޔަ އަހަރު މާލެ ސިޓީ ޕޮލިހުގެ ނެއިބާހުޑް ޕޮލިސިންގެ މަސައްކަތްތަކަށް ބަލާއިރު، ޖުމްލަ 681 ހައުސް ވިޒިޓް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ވިޔަފާރިތަކަށް ޒިޔާރަތްކުރުމުގެ 1،101 ޕްރޮގްރާމް ހިންގާފައިވާއިރު، 3،221 ޕަބްލިކް އިންޓަރެކްޝަން އަދި ކުށްމަދު ކުރުމުގެ 97 ހަރަކާތް ކުރިއަށް ގެންގޮސްފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: