ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހީނާމާގެ ޕާކިންގ ސަރަހައްދުން 17 ބިދޭސީއަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހީނާމާގެ ޕާކިންގ ސަރަހައްދުން 17 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.

އެގޮތުން އިމިގްރޭޝަނުން ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް، އަބަދުވެސް އާއްމުންގެ ފަރާތުން ކަންބޮޑުވުން ލިބެމުން އަންނަ ސަރަހައްދެއް ކަމުގައިވާ، ހީނާމާގެ ޕާކިންގ ސަރަހައްދަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ވަނީ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި ސަރަހައްދަށް އެއްވެއުޅޭ ބިދޭސީންނާއި މި ސަރަހައްދުގައި ބިދޭސީން އިސްވެތިބެ ހިންގަމުންދާ ފިހާރަ، ކެފޭ ފަދަ ތަންތަން ވަނީ ބަލައި ފާސްކޮށްފައި ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި ބަލައި ފާސްކުރެވުނު ތަންތަނުގައި ސައްހަ ވިސާއެއްނެތި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ 17 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: