އުރީދޫއިން ކުރިއަށް ގެންދާ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ހަވާލުކުރުން މި މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ކަނޑައަޅައިފިއެވެ.
އުރީދޫއިން ބުނެފައިވާގޮތުން ގިނަ އަދަދެއްގެ ސައިކަލުތައް އިނާމުތަކުގެ ގޮތުގައި ދޭ ގޮތަށް ކުރިއަށް ގެންދިޔަ ލިބޭ ޕްރޮމޯޝަންގެ ތެރެއިން މިހާތަނަށް 26 މީހަކަށް މަހުން މަހަށް ލިބޭ އިނާމުގެ ގޮތުގައި އެއަރބްލޭޑް ސައިކަލު ދީފައިވާކަމަށެވެ. އަދި ދެ މީހަކަށް ޕީސީއެކްސް ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެ ކުުންފުނިންވަނީ މިހާރު އެންމެ ފަހު މަރުހަލާ އާއި ޖެހިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ގްރޭޑް ޕްރައިޒްގެ ގޮތުގައި ދިނުމަށް ކަނޑައެޅިފައިވާ ހޮންޑާ ރިބެލް ސައިކަލެއްކަމަށާއި މިއީ ވަރަށް ގިނަ މީހުން އިންތިޒާރު ކުރަމުންދިޔަ ވަގުތެއްކަމަށް ފާހަގަކޮށްފައިވެއެވެ.
އުރީދޫއިން ބުނެފައިވާގޮތުން އެންމެ މަތީ އިނާމުކަމަށްވާ ރިބެލް ސައިކަލު ނަސީބު ވެރި ފަރާތާއި ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ އާޓިފިޝަލް ބީޗުގައިކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ޖެނުއަރީ 16 ވަނަ ދުވަހުގެ 20:30ގައިކަމަށް ބުނެފައިވެއެވެ.

