ރާއްޖޭގައި ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި އެތަކެތި ބަލަން ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވަންޖެހޭ ގޮތް ހެދުމަށް ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ ބައެއް ފަހަރު 100 އަށް ވުރެ ގިނަ ޓޫރިސްޓުން 1 ފެހުރިހި ގެ ފަހަތުން ފީނާ ކަމަށާއި ކަނޑައެޅިފައިވާ ސިޔާސަތެއް ނެތި، ސްޕީޑްބޯޓުތައް ވެސް އެ ސަރަހައްދަށް ވަންނަ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ޕްރޮޓޮކޯލަށް އަމަލު ކުރާން ނިންމާފައިވާ އިރު ވޭލް ޝާކް އެކްޓިވިޓީ ހުންނަ ސަރަހައްދުތަކުގައި ހާއްސަ ސްޕީޑްބޯޓުތައް ހަރަކާތްތެރިވެ، އެ ތަންތަނަށް ޓޫރިސްޓުން ގެންދާ އުޅަނދުތައް މޮނިޓާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕްރޮޕެލާ ގާޑު ބޭނުންވާ އާ ޤަވާއިދު ”ސައުތު އަރި މެރިން ޕާކް“ (ސަމްޕާ) އިން ބޭރުގައި ވޭލް ޝާކް އެކްޓިވިޓީ ފެންނަ ސަރަހައްދުތަކުގެ އިތުރަށް ފުޅާވެގެންދާނެއެވެ. (ސަމްޕާ) އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސަރަހައްދަކަށް ވާއިރު، މި ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ފެހުރިހި މުޅި އަހަރު މިތަނުން ފެންނަން ހުރުމެވެ.
މި ހުރިހާ ހިސާބެއްގައި ވެސް ޕްރޮޓޮކޯލަށް އަމަލުކުރަން ޖެހޭނެ ކަމަށާއި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ޕްރޮޓޮކޯލަށް އަމަލު ކުރަން ފަށާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުުނެފައެވެ. އެމްއެމްޕީއާރްސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ، ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކުރުމަކީ، ވޭލް ޝާކް އާއި ފީނާ ފަތުރުވެރިން އަދި އާއްމުން ގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
”މި ކަމުން ދައްކުވައިދެނީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ކަނޑުގެ ވަށައިގެންވާ ވެށި ހިމާޔަތްކުރުމަށް ރާއްޖެ ޤައުމެއްގެ ހައިސިއްޔަތުން ކުރާ މަސައްކަތް،“.
ފެހުރިއްސާއި އޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރުން ގާނޫނީ އޮނިގަނޑެއް ބަދަލުތަކެއް މިދިޔަ އަހަރު ވަނީ ގެނެސްފައެވެ. މި އުސޫލުތަކުގެ ތެރޭގައި މި ދިރުންތަކުގެ މާހައުލުތަކުގައި ހަރަކާތްތެރިވެ އުޅުމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ޒަހަމްވެފައިވާ ފެހުރިހި ބެލެހެއްޓުމާއިބެހޭ އުސޫލުތައް ހިމެނެއެވެ. މި އުސޫލުގައިވާ ގޮތުން ފެހުރިހީގެ ވަށައިގެން 250 މީޓަރުގެ ދުރުމިނުގެ ކޮންޓެކްޓް ޒޯނެއްގެ ގޮތުގައި ބެލެވޭ އިރު، އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެންމެ ތިން އުޅަނދަށެވެ. މި ޒޯންތަކުގައި އުޅަނދުފަހަރުގެ ސްޕީޑް ގަޑިއަކު 5 ނޯޓަށްވުރެ މައްޗަށް ނުދާއިރު، ވޭލް ޝާކެއް ކައިރީގައި އުޅޭއިރު ގަޑިއަކު ދެ ނޯޓަށްވުރެ ބާރު މިނުގައި ދުއްވުމަކީ މަނާކަމެކެވެ.
މި އާ އާވާއިދުތަކާއެކު، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ރާއްޖެއިން އިސްނަގައިގެން ކުރިއަށް އޮތް ޖީލުތަކަށް، ފެހުރިހީގެ ރީތިކަމުގެ އަގު ވަޒަންކުރުމުގެ އިތުރުން، ރާއްޖޭގެ ”ވޭލް ޝާރކް“ ތަކާ މުޢާމަލާތްކުރާ ފަތުރުވެރިންނަށް ތަޖުރިބާ އިތުރުވެގެން ދާނެއެވެ. މީގެ އިތުރުން، ”ވޭލް ޝާރކް“ ގެ ގުދުރަތީ ވަޒަން، މުހިންމު ތިމާވެށީގެ ނިޒާމު ވެސް ހިމާޔަތްކުރެވޭނެއެވެ.

