ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަތަނަށް އުޖާލާ މާދަމާއެއް ހޯދުމަށް މަސައްކަތްކުރުމަކީ އެންމެ އިސް ގައުމީ ވާޖިބު: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަތަނަށް އުޖާލާ މާދަމާއެއް ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ އެންމެ އިސް ގައުމީ ވާޖިބުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ދިވެހިންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރި ބަތަލުނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭކަމަށެވެ. އަދި ނަމޫނާއާއި އެއްގޮތަށް ވަތަނަށް އުޖާލާ މާދަމާއެއް ހޯދުމަށްޓަކައި ހިންމަތްކުރުމަކީ އެންމެ އިސް ގައުމީ ވާޖިބުކަމަށް ރައީސް ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބްޠާލުންގެ ޒިކުރާ އާލާކުރުމަށެވެ. މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: