ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަމަދޫ އައިލެންޑް މިއުޒިކް ފެސްޓިވަލްއަށް ދާން ޓިކެޓު ބުކްކޮށްފިންތަ؟

ކަމަދޫ އައިލެންޑް ފެސްޓިވަލް- - ސްކައިރޮކް: ޗާޖްޑް މޯލްޑިވްސް - ފަސީލައިވް: އިގްބާލް ޚާން ދަ ކަބަންސް: ސޮވައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ 12 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަދޫ އައިލެންޑް މިއުޒިކް ފެސްޓިވަލްގެ އެކްސެސް ޕާސްތައް ވިއްކަން ފަށައިފި އެވެ.

ކަމަދޫގައި ބާއްވާ މި ފެސްޓިވަލްއަކީ އެރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށުގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ފެސްޓިވަލްގެ ސަބަބުން ރަށުގެ ވިޔަފާރިތަކަށް ކުރިއެރުން ލިބި، ރަށުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ފަށާފައިވާއިރު، ބުކިންގއަށް ގުޅޭނެ ނަންބަރުތަކަކީ:

ފޯނު ނަންބަރުތައް:
+960 7987792

+960 7987793

+960 7987794

KIMF Viber: +960 7889890

May be an image of text
މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ވަނީ ފަށާފައި

ފެސްޓިވަލްގައި އެކި ވޯކްޝޮޕްތަކާއި، ބީޗް ކުޅިވަރުތަކުގެ އިތުރުން ސަގާފީ އަދި ދިވެހި އާޓިސްޓުންގެ އެކި ހުށަހެޅުންތައް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، އެއް ދުވަހުގެ ޓިކެޓް 465 ރުފިޔާ އަދި ތިން ދުވަހުގެ ޕާސް 1،235 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

މި ޕާސްތަކުގައި ފެސްޓިވަލް ގްރައުންޑް އެކްސެސްއާއި، މިއުޒިކް އަދި ކަލިނަރީ ވޯކްޝޮޕްތަކުގެ އިތުރުން ލޯކަލް ކަޒީން ލަންޗް ބުފޭ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 40%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: