ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދުގެ މަންމާފުޅު ނިޔާވުމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް، ސާލިހުގެ އަނބިކަނބަލުން ފަޒްނާގެ މަންފާފުޅު ނިޔާވުމުގެ ފުން ހިތާމައިގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އަދި މަރްހޫމާ ޒަމީރާ އުމަރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މާތްﷲ ގެ ތަނަވަސް ރަހްމަތާއި އޯގާވަންތަކަމުގައި ތާއަބަށް ލެހެެއްޓެވުމަށް އެދި ދުއާ ކުރައްވާކަމަށެވެ.

