ގާނޫނުއާސަސީއަށް ބަދަލުތައް ގެނެސް ސަރުކާރުންވަނީ ރައްޔިތުންނަށް އިތުރު ބާރުވެރިކަމެއް ލިއްބައިދީފައިކަމަށާއި އެކަމަކީ ގާނޫނުއަސާސީ ފުނޑާލުންކަމަށް ދެކޭނަމަ އެއީ ދެރަކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ކަވަރޭޖެއްގައި ވާހަކަދައްކަވަމުން މެންބަރު މުޞްޠަފާ ވިދާޅުވީ، ސަރުކާރުން ގެނެސްފައިވާ އިޞްލާޙުތަކުގެ ސަބަބުން މި އަހަރުގެ މާރިޗު މަހާ ހަމައަށް ޑޮލަރުގެ އަގު ދަށްވެ، ފުދުންތެރުދުންތެރިކަން އިތުރުވެ، އޭގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، މިހާރުވެސް ގެނެވިފައިވާ ބަދަލުތަކާ ގުޅިގެން ދިވެހި ބޭންކުތަކަށް 25 މިލިއަން ޑޮލަރު މާރުކުރެވިފައިވާ ކަމަށާއި، އެހެންކަމުން ޑޮލަރުގެ ދަތިކަން ކުޑަވެގެންދާނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
ޕީއެންސީން ޤާނޫނުއަސާސީ ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އެމްޑީޕީން ބުނާ ކަމަށްވެސް މެންބަރު އަލިއަޅުވާލެއްވިއެވެ. މެންބަރު ވިދާޅުވީ، ޕީއެންސީން ދިޔައީ ބަދަލުތަކުގެ މަޢުލޫމާތު އާންމުންނާ ޙިއްޞާކުރަމުން ކަމަށާއި ރައްޔިތުންނަށް އެކަންކަން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ޤާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދު ޙިމާޔަތްކޮށްދިނުން ހިމެނޭ ކަމަށާއި މީގެ ކުރިން ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބަޔާންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު އެކަން ކޮށްފައިވާ ކަމަށާއި އަނެއް ކަމަކީ ތިން ބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތުން ސަރަޙައްދަށް ބަަރަޙައްދަށް ބަދަލުތައް ގެނެވޭގޮތަށް އޮތް އޮތުން އިޞްލާޙުކޮށް ހަތަރުބައިކުޅަ ތިންބަޔަށް އިތުރުކޮށްފައިވާ ކަމަށެވެ.

