ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތްތައް ބައްލަވާލައްވައިފި

ރައީސް ވީއައިއޭއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމްއޭސީއެލްއިން އާންމުކޮށްފައިވާގޮތުން ރައީސް ޑރ މުއިއްޒުވަނީ މި މަހުގެ 18 ވަނަ ދުވަހު ވީއައިއޭއަށް ޒިޔާރަތްކުރައްވާފައިވަނީ އައު ފަސިންޖާ ޓާމިނަލްގެ މަސައްކަތްތައް ބެއްލެވުމަށްކަމަށެވެ.

މި ޒިޔާރަތުގައި އެމަނިކުފާނާއިއެކު ކެބިނެޓު މިނިސްޓަރުންގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުންނާއި ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ބުނެފައިވެއެވެ. އެމަނިކުފާނާއިއެކު އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން އެ ކުންފުނީގެ ޑީއެމްޑީ މުޖުތަބާ ލަތީފްއާއި މުހައްމަދު ލަމްއާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިދުމަތް ދޭން ފެށުމަށްޓަކައި ޓާމިނަލްގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑްގައި ކުރަމުންދާކަމަށެވެ.

ރައީސްގެ މި ޒިޔާރުގައި އެމަނިކުފާނުވަނީ ޓާމިނަލްގެ މުހިންމު ސަރަހައްދުތަކަށް ވަޑައިގެން މަސައްކަތްތައް ކުރެވެމުންދާ ގޮތާއި ރޭވިފައިވާ ގޮތާއިމެދު މުހިންމު މައުލޫމާތުތައް ހޯއްދަވާފައިކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

އެމްއޭސީއެލް ބުނެފައިވާގޮތުން އައު ޓާމިނަލްއަކީ އަހަރެއްގެ މައްޗަށް 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށެވެ. މި ޓާމިނަލްގެ ހިދުމަތްދޭން ފެށުމާއިއެކު އެއަރޕޯޓަށް ދިމާވެފައިވާ ތާށިކަން ބޮޑުވުމުގެ މައްސަލައަށް ލުއިތަކެއް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

72،000 އަކަފޫޓުގެ މި ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި 6 ސެލްފް ސާވިސް ކިއޮސްކްގެ އިތުރުން ޒަމާނީ ބެގޭޖް ހެންޑްލިންގ ނިޒާމަކާއި އެޑްވާންސްޑް ސެކިއުރިޓީ ސިސްޓަމެއްވެސް ހިމެނޭނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: