ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިކަލުންގެ ކަރާމާތް ގެއްލުވާލި މައްސަލަ މަންދިއާއި ދެކޮޅަށް ސާޖިދާގެ ފަރާތުން ސިވިލް ކޯޓަށް!

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު/ ފޮޓޯ: އަހުމަދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، ކަރާމާތް ގެއްލޭ ގޮތަށް އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދި) ވާހަކަ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މީގެ ހަފްތާއެއް ކުރިން، އެމްޑީޕީގެ ސިލްސިލާ އެއްވުމެއްގައި މަންދީ ވަނީ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި ގުޅުވައި ސަރުކާރަށް ފާޑުކިއުމުގެ ގޮތުން އުމެއިރުގެ ނަން ބޭނުންކޮށްފަ އެވެ. އޭނާ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރީ އުމެއިރުގެ ސަބަބުން ކަމަށެވެ. މިއީ ދިވެހި ޒުވާނުންނަށް ދޭ އަނިޔާއެއްކަމަށް ބުނެ މަންދީ ވަނީ އުމެއިރު ހިމެނޭ ގޮތަށް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މި މުޒާހަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދަކީ ފެއިލްވެފައިވާ މަންމައެއްގެ ގޮތުގައި ސިފަކޮށް ވެސް މަންދި ވާހަކަ ދެއްކި އެވެ.

އެވާހަކަތައް ވަރަށް ބޮޑަށް ވައިރަލްވެ، އުމެއިރުއާއި އެހެން ކުދިންގެ ފޮޓޯތައް އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި އާންމު ކުރި އެވެ. އެ މައްސަލައިގައި މަންދީގެ މައްޗަށް މަދަނީ ދައުވާ ކުރުމަށް ނިންމެވީ ސާޖިދާ އެވެ. އަދި ވިދާޅުވީ 18 އަހަރު ނުވާ ކުއްޖަކާއި ގުޅުވައި އެމްޑީޕީގެ ޖަލްސާގައި މަންދީ ވާހަކަ ދެއްކިއިރު އުމެއިރަކީ އަދި ސްކޫލު ދައުރު ވެސް ފުރިހަމަ ނުވާ ކުއްޖެއްކަމަށެވެ.

އެހެންކަމުން ކުއްޖާގެ މުސްތަގުބަލަށް އަސަރު ކުރާފަދަ އެތައް ވާހަކައެއް ދެއްކުމުން، އެކަމާއި ދެކޮޅަށް މަންމައެއްގެ ހައިސިއްޔަތުން ނިކުންނާނެކަމަސް ވިދާޅުވި އެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މަންދި ދެއްކި ވާހަތަކުގެ ސަބަބުން އުމެއިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިލުވާފައިވާކަމަށް ބުނެ އެވެ. އަދި ކުއްޖާގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނޭ ހާލަތެއް މެދުވެރިވެފައިވާތީ އެވެ.

މައްސަލައިގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ބައިނަލްއަޤުވާމީ މުއާހަދާ ކޮންވެންޝަން އޮން ރައިޓްސް އޮފް ޗައިލްޑްއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާކަމަށް ބުނެ އެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގު ނިގުޅައިގަނެ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަބުރު ރައްކާތެރި ކުރުމުގެ ހައްގު ނިގުޅައިގެންފައި ވާތީ ސާޖިދާގެ ފަރާތުން މި މައްސަލަ ހުށަހެޅީކަމަށް ވެއެވެ.

މަންދިގެ މައްޗަށް ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައި ވަނީ މިއަދު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން ނިންމަވާފައި ވަނީ މަންދީގެ އިތުރުން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ވެސް ދައުވާ ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: