ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހުގެ ފަހު 10 އެއްގައި މަޖިލީހުގެ މެންބަރުން ނަމޫނާ ދެއްކެވުމަށް އަބްދުއްރަހީމް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހުގެ ފަހު 10 އެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނަމޫނާ ދެއްކެވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފިއެވެ.

އަބްދުއްރަހީމް މިފަދައިން އިލްތިމާސް ކުރެއްވީ މިއަދުގެ ޖަލްސާ ނިންމަވާލައްވާ، ފަހު ދިހަ އެއް އަދި އީދަށް މަޖިލީސް ބަންދުވާނެކަން އިއުލާން ކުރައްވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އެޕްރީލް 7، ގައި ކަމަށެވެ. އެހެންކަމުން ޝައްވާލު މަހުގެ ހަ ރޯދައިގައި ވެސް މަޖިލިހުގެ ޖަލްސާއެއް ނޯންނާނެއެވެ.

އަބްދުއްރަހީމް ވަނީ މަޖިލީހުގެ މެންބަރުން ރޯދަ މަހުގެ ފަހު 10 ގައި ވެސް ރައްޔިތުންނަށް ނަމޫނާ ދައްކަވަމުން ގެންދެވުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން މި މަހުގެ ސަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބަރަކާތްތެރި ރަމަޟާން މަހަކީ ހުރިހާ ގޮތަކުން ވެސް އުފާފާގަތި މައްސަރެއްކަމުގައި ލައްވާ މި މަހުގެ ސަވާބާއި ދަރުމަ އަޅުގަނޑުމެން ހުރިހާ އެންމެންނަށް ފުރިހަމަގޮތުގައި ލިބޭނެ ހުރިހާ މަގެއް މާތްﷲ އަޅުގަނޑުމެންނަށް ފަހިކޮށްދެއްވުމަކީ އަޅުގަނޑުގެ ދުއާ.

އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: