ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް މަހަކު 9،000 ރުފިޔާ ދޭން ނިންމައި ސަރުކާރުން އެކަން މިއަދު އިއުލާންކޮށްފިއެވެ.
މިކަން އިއުލާނުކޮށްފައިވަނީ ސަރުކާރުން ޝަރަފުގެ ނިޝާން ދީފައިވާ ސިފައިންނަށް އިނާޔަތް ދިނުމުގެ އުސޫލުގައެވެ. މިހާރު މި އުސޫލު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި އުސޫލާއިއެކު ޝަހީދުވެ ސިފައިންގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި މަންްމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާއަށް މަރުވަންދެން ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާ ލިބިއްޖެއެވެ.
ޖުމްލަ 19 ދިވެހިން މި ހަމަލާގައި ޝަހީދުއެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ސިފައިންނެވެ.
ހުރަވީ ރަން މެޑަލް ދީފައިވާ ފަރާތްތަކަށް – މަހަކު 9،000ރ.
ހުތަވީ ރިހި މެޑަލް ދީފައިވާ ފަރާތްތަކަށް – މަހަކު 8،000ރ.
ހިތްވަރުގަދަ ކުލަ ދީފައިވާ ފަރާތްތަކަށް – މަހަކު 6،000ރ.
އެލަވަންސް ދޭނީ އެ މީހަކު މަރުވަންދެންނެވެ. އަދި އެ މީހުން މަރުވުމުން އާއިލާގެ ފަރާތުން އެކަން ޑިފެންސް މިނިސްޓްރީއަށް އެއް މަސް ތެރޭ އަންގަން ވާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

