ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އެމްޑީޕީން ހޯދި ކުރިއެރުންތައް ދަނީ ފަހަތަށް: ޝާހިދު

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުން / ފޮޓޯ: އެމް.ޑީ.ޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިތާމައަކީ އެމްޑީޕީގެ ވެރިކަމުގައި ހޯދައިފައިވާ ކުރިއެރުންތައް ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަހަތަށް ސޮއްސާލުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޝާހިދު ވިދާޅުވީ މިއަދު އެމްޑީޕީން 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަނީ ފަހުވެރި ކަމާއެކު ކަމަށެވެ. އެމްޑީޕީއަކީ މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވި ބަދަލު ގެނެސްދިން އަދި ރާއްޖެއަށް އިސްލާހީ އެތައް ކަންތައްތަކެއްވެސް ގެނެއި ޕާޓީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ އެޖެންޑާ ކަނޑައަޅައިދިން ޕާޓީ އަކީވެސް އެމްޑީޕީ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެންމެ ބޮޑު ހިތާމައަކީ އެމްޑީޕީ ވެރިކަމުން ބަދަލުވާ ކޮންމެ ފަހަރަކު ހޯދިފައިވާ ހުރިހާ ކުރިއެރުން ތަކެއް ފަހަތައް ސޮއްސާލުން ކަމަށެވެ. މިއަދުގެ ހާލަތައް ބަލާއިރު ރާއްޖެއަށް އެމްޑީޕީގެ އިސްލާހީ އެޖެންޑާ ނުހަނު ބޭނުން ކަމަށް ވަނީ ވިދާޅުވެފައެވެ.

”އަޅުގަނޑުމެންގެ ފަހަތުން މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކުން މިއަދު އެޖެންޑާ ކަނޑައަޅުއްވަނީ އަޅުގަނޑުމެންގެ އެޖެންޑާ ބައްލަވައިގެން. އެއީ އެމްޑީޕީއަށް ހޯދިފައި އޮތް އެންމެ ބޮޑު ކުރިއެރުން. ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި، ހިލޭ ބޭސްފަރުވާ، ހިލޭ ޑިގްރީ، ރަށްރަށުގެ ތަރައްގީ، ކުޑަ ރަށެއް ބޮޑުރަށެއް ނުބަލާ ތަރައްގީކުރަމުން ގެންދިއުން. ވެރިކަމުގެ ބާރުތައް ބަހާލެވިފައިވުން. އެއް ބާރުން އަނެއް ބާރަށް ފާރަވެރި ވުމުގެ ނިޒާމު. ސިޔާސީ ވާދަވެރި ހަރަކާތް ސުލްހވެރިކަމާއެކު ހިންގުމުގެ ޖާގަ ހޯދައިދިނުން. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން. މިހެން ގޮސް މިހުރިހާ ކަމަކީވެސް އެމްޑީޕީން ރައްޔިތުންނަށް ހޯދައިދީފައިވާ ފުރުސަތުތައް“

ޝާހިދު ވިދާޅުވީ ގުޅިލާމެހިފައިވާ ދުނިޔެއެއްގައި، ހާރިޖީ ސިޔާސަތުގައި ފަހުރުވެރިކަމާއެކު އިހުތިރާމް ހޯދައިދިން ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. 20 ވަނަ އަހަރީ ދުވަސް މި ފާހަގަކުރާ އަހަރު ބައްދަލުކުރާ އެންމެ ބޮޑު އިންތިހާބަކީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން މި އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެ އެމްޑީޕީން އެ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ފެށުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: