ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް!

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތުމުގެ ސަބަބުން މަސްވެރިން އުފުލާ ތަކުލީފުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ.

މެމްބަރު ޒިޔާދު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ މިއީ ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމާއި، މިހާރުވެސް 120 ޓަނަށްވުރެ ގިނަ ބޮޑުކަންނެލި ނުކިރި ބަހައްޓަން ޖެހުމުގެ ސަބަބުން އެތަކެތި ހަލާކުވަމުންދާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅުއްވާ މައްސަލައެއްކަމަށެވެ.

މެމްބަރު ވިދާޅުވީ، މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރަށް ގަންނަ ގޮތަށް ބަދަލުކޮށް، ބޮޑުކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭގޮތަށް ހެދުމާއި، ބޮޑު ކަންނެލީގެ އަގު 100 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގައި ބެހެއްޓުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

އެހެންނަމަވެސް މިއަދާހަމައަށްވެސް ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެކަންކަން ކުރެވިފައިނުވާކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިންގެ ގިނަ ޝަކުވާތަކެއް އެބަހުރިކަމަށް މެމްބަރު ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން، އިޤްތިސާދަށް އަންނަ ބަދަލުތަކާއެކު މަސްވެރިންގެ މާލީ ޙާލަތަށް އެކަމުގެ ސަބަބުން އަސަރުތައް ކުރުވަމުންދާކަންވެސް ޒިޔާދު ފާހަގަ ކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ، ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު އެކި ފަހަރުމަތިން ތަކުރާރުވެސް ކުރައްވާފައިވާ ކަމަށާއި، އެހެންކަމުން އޭރު ވިދާޅުވި ގޮތަށް ވައުދު ފުއްދެވުމަށް ގޮވާލައްވާ ކަމަށެވެ.

ހަމައެއާއެކު، ރިޔާސީ ބަޔާނުގައިވެސް ރައީސް މަސްވެރިންނަށް ޚާއްސަކޮށް ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، ރައީސްގެ ވައުދުފުޅުތައް ފުއްދެވުމަށް މަޖިލީހުންވެސް އެއްބާރުލުން ދެއްވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.

މިއީ މަސްވެރިންގެ ވަރަށް ފޮނި އުއްމީދެއް، ރިޔާސީ ބަޔާނުގައިވެސް ރައީސް ވިދާޅުވި ކަންނެލި މަސްވެރިންނަށް ބޭނުންވާ ފެކްޓަރީއެއް ހުޅުމާލޭގައި ހުޅުވަދޭނަމޭ، ނަމަވެސް އެކަންވެސް މިއަދާ ހަމައަށްވެސް ނުވޭ

ބުދަ ދުވަހުގެ ޖަލްސާގައި މި މައްސަލައަށް ބަހުސް ކުރުމާމެދު ގޮތެއް ނިންމުމަށް ހުޅުވާލުމުން 40 މެމްބަރަކު ވަނީ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އެހެންކަމުން ކުއްލި މައްސަލައިގެ ބަހުސް މި ޖަލްސާގައި ކުރިއަށް ގެންދަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: