ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންނެލި މަސްވެރިކަމަކީ ރާއްޖެއަށް ޑޮލަރު ވައްދައިދޭ ސިނާއަތެއް، މި ސިނާއަތް ދިރުވަންޖެހޭ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންނެލި މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް ޑޮލަރު ވައްދައިދޭ ސިނާއަތެއް ކަމަށާއި، މިއީ ކޮންމެހެންވެސް ދިރުވަން ޖެހޭ ސިނާއަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދައިން ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މައުރޫފް ވިދާޅުވީ، މިއީ ނުހަނު ސީރިއަސް މައްސަލައެއް ކަމަށާއި، 120 ޓަނުގެ މަސް ނުކިރި ހުރިއިރު އެއީ ގާތްގަނޑަކަށް 40 ނުވަތަ 50 ވަރަކަށް ދޯނީގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންގެ ޙައްޤުތަކުގެ ވާހަކަ ކަމަށެވެ.

މިއީ މަޖާ ކަމެއް ނޫން އިއްޒަތްތެރި ރައީސް، މިއީ ނުހަނު ސީރިއަސް ކަމެއް. 120 ޓަނު، ގާތްގަނޑަކަށް 40 އަކަށް 50 އަކަށް ދޯނީގެ މަސްވެރިން، ދިވެހި މަސްވެރިން އެތިބީ މަސް ނުކިރިފައި.  

މެމްބަރު ވިދާޅުވީ، މިއީ އެތައް އާއިލާއެއްގެ ޙައްޤުތަކެއް ކަމަށާއި، މަސް ނުކިރި ދާ ކޮންމެ ދުވަހަކު ޕްރައިވެޓް ކުންފުނިތަކުން މަހުގެ އަގު ދަށް ކުރަމުންދާކަމަށެވެ. މިއީ ބޮޑުކަންނެލި މަސްވެރިންގެ ނުހަނު ބޮޑު ކަންބޮޑުވުމެއްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ބޮޑުކަންނެލި މަސްވެރިކަމަކީ މީގެ ކުރިން 250އާއި 300 އާ ދެމެދުގެ ފްލީޓެއް އޮތް ދާއިރާއެއް ކަމަށާއި، ނަމަވެސް މިހާރު މުޅި ސިނާއަތް 150 އޮޑިއަށް ތިރިވެގެން ގޮސްފައިވާ ކަމަށެވެ. އެކަން އެހެން ދިމާވަނީ މަސް ކިރޭނެ ގޮތެއް ނެތި މަހަށް ހަމަ އަގު ނުލިބުމުގެ ސަބަބުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މިއަދު ޑޮލަރުގެ ވާހަކަ ދައްކާއިރު، މި ސިނާއަތަކީ ރާއްޖެއަށް ޑޮލަރު ވައްދައިދޭ ސިނާއަތެއް ކަމަށާއި، މިއީ ކޮންމެހެންވެސް ދިރުވަން ޖެހޭ ސިނާއަތެއް ކަމަށެވެ. މިއަދު ކަންނެލި މަސްވެރިން އެދެމުންދަނީ މި ކަންކަމަށް އަލި މަގެއް ހޯދައިދެއްވުމަށްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މި މައްސަލައިގެ ޝަކުވާ އެތައް މަސްވެރިންނެއް މެމްބަރުންގެ ސަމާލުކަމަށް ގެންނަމުންދާކަން ފާހަގަ ކުރައްވައި މެމްބަރު ވަނީ ރައީސް މިކަމުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ވީހާވެސް އަވަހަށް ފުއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ހަމައެއާއެކު، ސަރުކާރުން މިކަމަށް ސަމާލުކަން ދޭކަން ޤަބޫލު ކުރައްވާކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މިހާރުވެސް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެމުންދާ ކަމަށާއި، އެގޮތުގެ މަތިން ބޮޑުކަންނެލި މަސްވެރިންނަށްވެސް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދެއްވުމަށް އެދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: