ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީއަށް ގިނަ މަސައްކަތްތައް އެބަ ކުރެވޭ، ރައްޔިތުން އެދޭ ބަދަލު ފެންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރެވި، ރައްޔިތުން އެދޭ ބަދަލު ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް މުއިއްޒު ވަޑައިގަތީ ޅޮހީއަށެވެ. އަތޮޅުގެ ތަރައްގީއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ރައީސް ދެއްވީ، ރައްޔިތުންނަށް އެމަނިކުފާނުވެވަޑައިގެންފައިވާ ވައިދުތައް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަމެވެ.

ޅޮހީގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންކަން އެމަނިކުފާނާއި ހަމައަށް އައިސްފައިވާކަމަށާއި، މިއީ ސަރުކާރުން ވީ އެންމެ ރަނގަޅަށް ރައްޔިތުން އެދޭގޮތަށް ގެންނާނެ ބަދަލުތައްކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދިގުމުއްދަތަކަށް ދެެމެހެއްޓޭނެ ގޮތަކަށް ބަނދަރު ހެދުމުގެ މަސައްކަތް ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.

ބަނދަރުގެ މަސައްކަތާއި އެކު، ދެން ކުރިޔަށް ދާނެ އިތުރު މަސައްކަތަކަށް ރައީސް ވިދާޅުވީ ރިންގް ރޯޑަކާއި އެކު މަގު ހެދުމުގެ މަސައްކަތެވެ. މިއީ ލޯކަލް ޓޫރިޒަމަށް ވެސް ލިބޭނެ ފަސޭހައަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުގެ ސްކޫލާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ޖާގައިގެ ދަތިތައް ހުރުމުގެ ސަބަބުން، ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ ވަސީލަތްތައް ހިމެނޭ ގޮތަށް ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމަށެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތް މަޝްރޫއެއްކަމަށްވުމާއި އެކު، އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި ސްކޫލުގެ މަސައްކަތް ހިމަނައި އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓު ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އަސާސީ ހިދުމަތްތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ހެލްތް ސެންޓަރު ނުވަތަ ހޮސްޕިޓަލުން ދޭ ފަރުވާއާއި ހިދުމަތްތައް ހަރުދަނާ ކުރުން ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި ރަށުގެ ހެލްތް ސެންޓަރުގެ މަސައްކަތް ލެބޯޓްރީއާއި އެހެނިހެން ހިދުމަތްތައް ހިމެނޭ ގޮތަށް ފަށޭނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ ލަސްވެގެން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށައި ރައްޔިތުން ބޭނުންވާ ގޮތަށް ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ޖުމްލަކޮށް ހުރިހާ މަސައްކަތެއް ވެސް އަޅުގަނޑުމެން ކުރިޔަށް ދާނަން.. ދެން އަޅުގަނޑު ތިބޭފުޅުން ކައިރިއަށް އަންނަން ބޭނުންވަނީ މި މަޝްރޫއުތައް ނިމި އެ އުފުލަގުގައި ބައިވެރިވުމަށ..

ސަރުކާރުން ކުޅިވަރުގެ ދާއިރާއަށް ދޭ ސަމާލުކަމަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ފުޓްސަލް ދަނޑާއި ކުޅިވަރު ކުޅެވޭނެ ދަނޑުތައް ތަރައްގީ ކުރާއިރު ރޭގަނޑު ވެސް ބޭނުން ކުރެވޭ ގޮތަށް ލައިޓް ހުންނާނެ ކަމަށެވެ. ރައީސް ވައުދުވެވަޑައިގަތީ ފުޓްސަލް ދަނޑާއި، ވޮލީ ކޯޓެއް މި އަހަރުގެ ތެރޭގައި ޅޮހީގައި އަޅައިދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި އާބާދީ ބޮޑު ސަރަހައްދަކަށްވުމުން ވަކި ހާއްސަ ސަމާލުކަމެއް ދީ، އާބާދީ ކުޑަ ރަށްތަކަށް އަޅާނުލައި ނުތިބޭނެ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންގެ ޝާމިލުވުން ހިމެނޭ ގޮތަށް، ހަމަހަމަކަމާއި އެކު މަޝްރޫއުތައް ކުރިޔަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: