ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ސްކޫލު ބަންދާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މާލެ ފްރޮންޓްލައިން ޕޮލިސިންގގެ ނެއިބަރހުޑް ސަޕޯޓުން “ސޭފް ހޮލިޑޭސް” ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޖުލައި މަހުގެ 22އިން ފެށިގެން ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، މާލޭގައި ރައްޔިތުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ވިޔަފާރިތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން އާންމު ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ޗުއްޓީއަށް ފުރުމުގެ ކުރިން ރައްޔިތުންގެ ގެދޮރާއި އަގުހުރި ތަކެތި ގެއްލުމެއް ލިބުމުން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.މީގެ އިތުރުން، އެންމެ ގިނައިން ދިމާވަމުންދާ ސްކޭމް މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.

