ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މުވައްޒަފުން މަދުކޮށް، ބޭކާރުގޮތުގައި ކުރާ ހަރަދުތައް ހުއްޓާލަން ޖެހޭ: އަޒާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ތެރެއިން، ސަރުކާރުތަކުން އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ ބޭނުމެއް ނެތް ގޮތުގައި ސިޔާސީ މުވައްޒަފުން ނެގުން ހުއްޓާލަންކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އަޒާން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން، ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް ކޮންމެހެން ވެސް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. ސިޔާސަތުތައް އޮތް ގޮތުގެ ސަބަބުން، ކޮންމެ ސަރުކާރެއްގައި ވެސް ސިޔާސީ މުވައްޒަފުން އިތުރު ކުރަމުން ދިއުން އާންމުވެފައި ވާތީ، އެކަން ފާހަގަކޮށް އަޒާން ވިދާޅުވީ އެއީ ބޭކާރު ގޮތުގައި ހޭދަ ކުރެވޭ ފައިސާއެއް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުން ނުވާ މިންވަރަށް މުވައްޒަފުން ނަގަމުން ދިއުމުގެ ސަބަބުން މުސާރައަށް ބޮޑު އަދަދެއްދާކަން ފާހަގަކުރެއްވި އެވެ.

އަޒާން ވިދާޅުވި ގޮތުގައި މިއީ އެކި ސަރުކާރުތަކުގައި ދިމާވަމުންދާ، ހައްލު ކުރަން ޖެހޭ ބޮޑު މައްސަލައެކެވެ. އަދި ސިޔާސީ ފައިދާގެ ބޭނުމަށް މުވައްޒަފުން ނަގަމުން ދިއުން، ހުރިހާ ސަރުކާރަކުން ވެސް ދޫކޮށްލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި ވެސް ސިޔާސީ މުވައްޒަފުންނަށް ބޮޑު ހަރަދެއް ހިނގާއިރު ކުންފުނިތަކުގައި ވެސް އެގޮތަށް މަގާމުތަކަށް އެކި މީހުން އައްޔަނުކޮށްފައި އެބަތިބިކަމަށް އަޒާން ވިދާޅުވި އެވެ.

ހަރަދު ކުޑަ ކުރުމަށް ދެން އަޅަން ޖެހޭ ފިޔަވަޅެއްގެ ގޮތުން އަޒާން ވިދާޅުވީ، ބޮޑެތި ވަފުދުތަކާއި އެކު ކުރާ ބޭނުމެއް ނެތް ދަތުރުތައް ހުއްޓާލުމެވެ. އަދި އިދާރާތަކާއި މިނިސްޓްރީތަކުން އެކި ބޭނުންތަކުގައި ޓީމުތަކާއި އެކު ދަތުރު ކުރާއިރު އެކަމަށް މިލިއަނުން ފައިސާ ހަރަދު ކުރަން ޖެހޭކަމަށް އަޒާން ވިދާޅުވި އެވެ. އެހެންކަމުން މިވަގުތާއި، ހާލަތަށް ބަލައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނުކުރުމާއި، އަދި މިނިސްޓްރީތަކުން ކުރާ އެފަދަ ދަތުރުތަކުގައި ގެންދާ މީހުންގެ އަދަދު މަދު ކުރުމަށް ފިޔަވަޅު އެޅިދާނެކަމަށް އަޒާން ވިދާޅުވި އެވެ.

ދެން ރާއްޖޭގައި ހަމަ އެއް ސަރުކާރަކުން އަނެއް ސަރުކާރުތަކުން ހަރަދު އިތުރު މި ވަނީ. މި ސަރުކާރަށް ވެސް ހަމަ އެގޮތަށް ކުރިމަތި ވެފައި މި އޮތީ. ދެން އެންމެ ބޮޑު ހަރަދެއް ހިނގާ އެއް ކަމަކީ ސިޔާސީ މުވައްޒަފުންނާއި ސިޔާސީ ގޮތުން ކުންފުނިތަކަށް މި ނަގާ މުވައްޒަފުން. އެކަމަށް ވަރަށް ބޮޑު ހަރަދެއް އެބަ ދޭ. އެހެންވީމާ އެއް ކަމަކަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއީ ހައްލުކުރަން ޖެހޭ މައްސަލައެއް. ސިޔާސީ މުވައްޒަފުން މި ކަންތައް. ކޮންމެ ސަރުކާރަކުން ވެސް.. މި ސަރުކާރުން ވެސް… އަދި ކޮންމެ ސަރުކާރެއްގެ ވެސް… ހަމަ ބޭނުމެއް ނެތް ގޮތުގައި.. ސިޔާސީ ގޮތުން އެތައް ބަޔަކު އެބަ ނަގާ އެ ފަރާތްތަކަށް އެތައް ހާސް.. އެތައް މިލިއަން ރުފިޔާއެށް ހަރަދު ކުރަން އެބަ ޖެހޭ…

މީގެއިތުރުން އަޒާން ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި، މުވައްސަސާތަކުން ބޮޑެތި އިވެންޓުތައް އަދިވެސް ބާއްވަމުންދާ ކަމަށެވެ. އަޒާން ވިދާޅުވީ މިފަދަ ފިޔަވަޅުތައް އަޅައިގެން ނޫނީ ބޭނުންވާ މިންވަރަށް ހަރަދު ކުޑަ ނުކުރެވޭނެ ކަމަށެވެ.

ވެރިކަމާއި ހަވާލުވި އިރު، ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅު ހާލަތެއްގައި ނޫންކަމަށް ވާތީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ބައެއް ނިންމުންތައް އިއުލާނު ކުރިއެވެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން ވަކިކުރުމާއި، ބޮޑެތި އިވެންޓުތައް ބޭއްވުން މަޑުޖައްސާލުން އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ނިންމި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: