ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުނު އަސާސީ އެންމެ ފުރަތަމަ ލިޔުމަށް އޭރުގެ ސަރުކާރުން ދިން ޖާގައަކީ، އިހްލާސްތެރިކަމެއް ނެތް ޖާގައެއް: ފައްޔާޒު

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީ އެންމެ ފުރަތަމަ ލިޔުމަށް އޭރުގެ ސަރުކާރުން ދިން ޖާގައަކީ، އިހްލާސްތެރިކަމެއް ނެތް ޖާގައެއްކަމަށް އިދިކޮޅު މައި ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރިއަށްދާ މި ދަނޑިވަޅުގައި، ”ރީބޫޓް“ ނަމުގައި ދާދި ފަހުން ނެރުނު ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އުފެދިގެން އައި އިރުގެ ހާލަތާ ބެހޭގޮތުން މުހިންމު ވާހަކަތަކެއް ހާމަކުރައްވާފައެވެ.

”ގާނޫނުއަސާސީ ލިޔެވިގެން އައީ ވަރަށް އުނދަގޫ މާހައުލެއްގައި. އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ލިބުނު ޖާގައެއް އެއީ. އިހްލާސްތެރިކަމެއް ނެތް ޖާގައެއް،“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ޖާގަ ލިބިގެން ދިޔައީ ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން ކުރިމަތިކުރުވި ޕްރެޝަރުގެ ސަބަބުންނެވެ. އަދި އެ ދުވަސްވަރު ހިނގި އެހެނިހެން ހާދިސާތަކުގެ ސަބަބުން ވެސް މެއެވެ.

ގާނޫނުއަސާސީ ލިޔުމުގެ މަސައްކަތް ކުރެވެމުންދިޔަ ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މެންބަރުން ހައްޔަރުކުރެވި، ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި، ބިރުވެރި މާހައުލެއްގައި އުޅެންޖެހުނު ދުވަސްވަރެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް އެ ދުވަސްވަރަކީ އުންމީދުން ފުރިގެންވި ދުވަސްވަރެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފާއިތުވި ފެބްރުވަރީ 2 ވަނަ ދުވަހު ޝާއިޢުކުރެއްވި މަޒުމޫނެއްގައި ފައްޔާޒު ވަނީ ވެރިކަމުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ގެނެވިދާނެ ހައްލުތަކާ ގުޅޭ ހުށަހެޅުންތަކެއްވެސް ހުށަހަޅުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: