ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ބޮޑުކަމުގެ ވާހަކައަކީ ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ދައްކާ ބަހަނާއެއް: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހުމުގެ ޝަކުވާއަކީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ދައްކާ ބަހަނާއެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ”ރީބޫޓް“ ގެ ނަމުގައި ކުރިޔަށް ގެންދާ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއި، މުޅި ދައުލަތުގެ ނިޒާމަށް އަންނަން ޖެހޭ ބަދަލުތަކަށް މަސައްކަތް ކުރުމަށް ގޮވާލައި ފައްޔާޒް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮތް ހުރިހާ އިދާރާއެއް ފެއިލްވެފައިވާކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވަން ހުރި ނިޒާމްތަކުގެ ތެރޭގައި ފަނޑިޔާރުގެއާއި، މިނިވަން މުއައްސަސާތައް ހިމެނޭ ކަމަށާއި، ދައުލަތް ވަކި މީހެއްގެ ބާރުގެ ތެރޭގައި އޮތް އޮތުމަށް އެއްވެސް ނިމުމެއް ނާންނަ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ އޮނިގަނޑުގައި ހަރުލާފައިވާ މައްސަލަތައް ހައްލުކުރުމަށް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓާއި ގުޅޭގޮތުން ޕޮޑްކާސްޓުގައި ދެއްކެވި ވާހަކައިގައި، ފައްޔާޒް ވިދާޅުވި ގޮތުގައި، މުޅި ނިޒާމު އެއްކޮށް އޮތީ ރައީސް ޑރ. މުއިއްޒުގެ ބާރުގެ ދަށުގައެވެ. އަދި ގާނޫނުގައި ވަކި ގޮތަކަށް ލިޔެވިފައި ވީ ނަމަވެސް، އަމަލީ ގޮތުން ހަގީގީ އެއްވެސް ބަދަލެއް ނާންނަކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ، މިނިވަން މުވައްސަސާތަކަށް ހަގީގީ މިނިވަންކަމެއްގައި މަސައްކަތްކުރާނެ ގޮތެއް ހޯދުންކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއްކާ މިކަހަލަ ގައުމެއްގައި އެ މިނިވަން މުވައްސަސާތައް މިނިވަން ވާއިރުގައި ހަމަ، އަނެއްކޮޅުން އަޅުގަނޑުމެން ވިސްނަން އެބަޖެހޭ އެ މިނިވަން މުވައްސަސާތަކުގެ އަމިއްލަ ވިސްނުމެއްގައި އައިސް ވެރިކަމަށް އަންނަ ބަޔަކަށް އުނދަގޫކޮށް، ވެރިކަން ވައްޓާލަން ކަންތައްތަކެއްވެސް ނުކުރެވޭގޮތަށް ހަދަން. ވަރަށް ހައްސާސީ ކަންކަމޭ މިހުންނަނީ

ފައްޔާޒް ވިދާޅުވި ގޮތުގައި އެއްވެސްކަމެއްގައި ރައްޔިތުން ބޭނުންވި ޝާމިލުވުން މިހާތަނަށް ސަރުކާރުގެ ތެރެއިން ނުފެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: