ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެ އާއި ރުވާންޑާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފި

ދިވެހިރާއްޖެއާއި ރުވާންޑާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުން:ފޮޓޯ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އާއި ރުވާންޑާ އާ ދެމެދު ސިޔާސީ ގުޅުން މިއަދު ޤާއިމުކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމަށްޓަކައި، ދެޤައުމުގެ ދެމެދުގައި އެކުލަވާލެވުނު ގުޅިފައިވާ ބަޔާނުގައި ސޮއިކުރުންއޮތީ، ނިއުޔޯކުގައި ހުންނަ ރުވާންޑާގެ ދާއިމީ މިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަލްފާޟިލާ ތިލްމީޒާ ޙުސެއިން އެވެ. ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ ރުވާންޑާއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ޤައުމުގެ ދާއިމީ މަންދޫބު ހަރ އެކްސެލެންސީ ވެލެންޓައިން ރުގްވަބިޒާ އެވެ.

ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއެކު ޚާރިޖީ ގުޅުންތައް ގާއިމުކޮށް، ރާއްޖެއަކީ ބޭރު ޤައުމުތަކުން ބަލައިގަންނަ ޤައުމަކަށް ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ހުޅުވާލެވިފައިވާ ޙާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒެވެ.

މިގޮތުން، ރުވާންޑާ އާ އެކު ސިޔާސީ ގުޅުން ޤާއިމުކުރެވުމުން، ރާއްޖެއާއެކު ސިޔާސީ ގުޅުން އޮންނަ ޤައުމުތަކުގެ އަދަދަކީ މިހާރު 172 އެވެ. އަދި މިއީ މި ސަރުކާރުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނު ދެވަނަ ޤައުމެވެ.

ރުވާންޑާ އަކީ ކޮމޮންވެލްތުގެ ޤައުމެކެވެ. އަދި 2020 ވަނަ އަހަރުގެ ކޮމޮންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ރުވާންޑާގެ ވެރިރަށް ކިގާލީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: