ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ލ. ކައްދޫގައި ބާއްވާނެ: ދިފާއީ ވުޒާރާ

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން އަސްކަރީ ތަމްރީނުތަކެއް ލ. ކައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.

ދިފާއީ ވުޒާރާއިން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 4 އަދި 10 ވަނަ ދުވަހުގެ ހަވީރު 6:00 އިން ރޭގަނޑު 11:59 އާ ހަމައަށެވެ. މި ތަމްރީނުތަކުގައި ލައިވް ވަޒަން ބޭނުންކުރާނެ ކަމަށްވެސް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އިއުލާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ބަޑީގެ ވަޒަން ދަތުރުކުރާނީ ކައްދޫގެ އިރު ދެކުނަށް 4،200 މީޓަރު ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް މުހިންމު ތަމްރީނުތަކެއް

މިފަދަ އަސްކަރީ ތަމްރީނުތަކަކީ ސިފައިންގެ ފައުޖަކީ ގާބިލު، ހުޝިޔާރު އަދި ހުނަރުވެރި ފައުޖަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދެވޭ މުހިންމު ތަމްރީނުތަކެކެވެ. އަދި މިއީ ދިވެހި ސިފައިންނަކީ ހުރިހާ ހާލަތަކަށްވެސް ތައްޔާރު ބަޔަކަށް ހެދުމަށް ހިންގޭ ތަމްރީނުތަކުގެ ތެރެއިން ބައެކެވެ.

އާންމު ގޮތެއްގައި އެމްއެންޑީއެފްގެ އަސާސީ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ކ. ގިރިފުށީގައި ނަމަވެސް، ތަފާތު އެކި އަސްކަރީ ތަމްރީނުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއެންޑީއެފްއިން ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: