ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ

ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އެމްޔޫ މަނިކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ހެނދުނު 6:30 ގައި އުމުރުފުޅުން 78 އަހަރުގައި އަވަހާރަވެއްޖެ އެވެ. އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިސް ދައުރެއް އަދާކުރެއްވި އެމްޔޫ މަނިކަކީ 1972 ވަނަ އަހަރު މިއުމަން ޓުއަރިސްޓް އޭޖެންސީ އުފެއްދެވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ ފަސްތަރީގެ ރިސޯޓް ކަމަށްވާ ކުރުނބާ މޯލްޑިވްސް ތަރައްގީކުރެއްވީ އެމަނިކުފާނުގެ ހިޔާލާއި ލަފާގެ މަތިންނެވެ.

ޓޫރިޒަމް ދާއިރާގައި އެމްޔޫ މަނިކުގެ އަގުހުރި ޚިދުމަތްތަކުގެ ތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވުމާއި، އޭގެ ޗެއާމަންކަން ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވުން ހިމެނެއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓާ އެމްއޭސީއެލްގެ ޗެއާމަންކަން 10 އަހަރު ދުވަހު ފުރުއްވައި، އެ މަޤާމުން މިއަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވެއެވެ.

އެމްޔޫ މަނިކުގެ ޚިދުމަތްތަކަށް ބައްލަވައި، ޓޫރިޒަމްގެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމާއި، މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމުއެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް އެމަނިކުފާނަށް ވަނީ އެވޯޑެއް ލިބިވަޑައިގެންފައެވެ.

އެމްޔޫ މަނިކުގެ ޖަނާޒާ އޮންނާނީ ސިންގަޕޫރުގައި ކަމަށާއި، ޣައިބު ކަށުނަމާދު މިއަދުގެ އަސުރު ނަމާދަށްފަހު މާލޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އެމަނިކުފާނުގެ އަރިހު ބޭފުޅަކު ވިދާޅުވިއެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ދަރިކަލުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: