ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޔޫ މަނިކުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.

އެކްސް މެދުވެރިކޮށް ރައީސް މުއިއްޒު ފޮނުއްވި ތައުޒިޔާގައި، ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި މުޙައްމަދު ޢުމަރު މަނިކު ކުރައްވާފައިވަނީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.

”ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު“ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މަރްޙޫމް މުޙައްމަދު ޢުމަރު މަނިކުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: