ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓެއްގައި މަރުވި ޒުވާނެއްގެ އޮޓޯޕްސީ ހަދަނީ

ފުލުހުންގެ ވެހިކަލްތަކެއް:/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓެއްގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައަކާ ގުޅިގެން އޮޓޯޕްސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

އެ ޒުވާނާ މަރުވެފައި އޮއްވާ ފެނުނީ ބ. އަތޮޅުގައި ހިންގަމުން އަންނަ ހޮސްޕިޓަލެއްގައެވެ.

ފުލުހުން ބުނީ ރިސޯޓެއްގައި އުމުރުން 21 އަހަރުގެ ފިރިހެނަކު މަރުވި މައްސަލައެއް ރިޕޯޓުކުރީ މިމަހުގެ 23 ވަނަ ދުވަހުކަމަށެވެ. ނަމަވެސް ހާދިސާ ހިނގައި ދިޔައީ އެއީ ކޮން ރިސޯޓެއްގައިކަމެއް ފުލުހުން ނުބުނެއެވެ.

މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ތަހުގީގު ޓީމުން ވަނީ ނިންމައިފައެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: