ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތަކެއްވާއިރު އެކަންކަން ކުރެވޭނެކަން ޔަގީންކުރަންޖެހޭނެ: ޣަފޫރު

މެމްބަރު ޢަފޫރު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ވައުދުތައް ވާއިރު އެކަންކަމަކީ ކުރެވިދާނެ ކަންކަންތޯ ބަލަންޖެހޭނެކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޣަފޫރު ވިދާޅުވީ، މާލީގޮތުން ދައްކަވަމުންދަނީ ސަމާސާ ވާހަކަތަކެއް ނޫންކަމަށާއި ހިއްސާކުރައްވަމުންދާ މިންވަރަށް ރައްޔިތުންގެ ފައިސާއިން ހަރަދުކުރެވިފައިވާކަމަށެވެ. ސަރުކާރުންދަނީ ގައުމު ލޫޓުވާލަމުންކަމަށް އިޝާރާތްކުރައްވާ ޣަފޫރު ވިދާޅުވީ، އެއީ ބަލަން ތިބެގެންވާނެ މަންޒަރެއް ނޫންކަމަށެވެ.

މެމްބަރު ވިދާޅުވީ، ސަރުކާރުން ސުޕްރީމް ކޯޓުގައި އަތްލި ހިސާބުން އެއްޗަކަށްފަހު އެއްޗެއް ހަލާކު ކުރަމުންދާނެކަން އެނގެންޖެހޭކަމަށެވެ. މިހާރު އޮތީ މީޑިއާތަކާއި ޖެހިފައިކަމަށާއި މަސައްކަތްތަކެއް ކުރަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް މީޑިއާތައް ބައްޓަންކުރުމަށްކަމަށެވެ. އެހެންކަމުން އެމްޑީޕީއާއި ރައްޔިތުންވެސް މިއަދު ފަހަތަށް ޖެހިއްޖެ ހާލަތެއްގައި އަލުން އަނބުރާ ބޭނުންވާ ހިސާބަށް ނާދެވޭނެކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، އެއީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ރައްޔިތުންގެ ކުރިމަތީގައި ކަންތައްތަކެއް ކޮށްދިނުމަށް ވައުދުތަކެއްވާއިރު އެކަން ކޮންމެވެސް ހަމައެއްގެ ތެރެއިން ކުރެވެންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ އެއްވެސް ހަމައެއް ނެތް މަންޒަރުކަމަށާއި ހިރިމަރަދޫގައި ތިބި ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށްޓަކައި 145 ގެ އަޅައިދޭން ވީ ވައުދަކީ އެފަދަ ވައުދެއްކަމަށެވެ.

މެމްބަރު ވިދާޅުވީ، 145 ގެ އަޅައިދޭން ވައުދުވެފައިވަނީ ދޮޅު އަހަރު ދުވަހުގެ ތެރޭގައިކަމަށާއި އެއީ 18 މަސް ދުވަސްކަމަށެވެ. އެހެންކަމުން ކޮންމެ ތިން ދުވަހަކުން ތިން ކޮޓަރީގެ ގެއެއް އަޅައިގެން ނޫނީ އެ ވައުދު ނުފުއްދޭނެކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން އަމިއްލައަށް އެކަމުގެ ހިސާބު ޖެއްސެވިޔަސް ހަގީގަތް ފެނިގެންދާނެކަމަށާއި އެ ނޫން ގޮތަކަށް އެކަން ނުކުރެވޭނެކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ، ރަށްރަށަށް އަރާ ވައުދުތަކެއްވާއިރު އެކަމަކީ ކުރެވޭނެ ކަމެއްތޯ ނޫންތޯ ބެލުން ކޮންމެހެންވެސް ބޭނުންތެރިކަމަށާއި އޭނާގެ ދާއިރާގައި ހިމެނޭ ފިނޭގައިވެސް މަގުތައް ތަރައްގީކޮށްދޭން ބުނެފައިވާއިރު އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ހަނިމާދޫގައި ހޮސްޕިޓަލެއް އަޅައިދިނުމަށްވެސް ވައުދުވެފައިވާއިރު އެއީވެސް ކުރެވޭނެ ކަމެއް ނޫންކަމަށާއި ނައިވައިދޫގައި ފަޅު ހިއްކައި ރިވެޓްމެންޓު ޖަހައިދޭން ބުނެ ވެފައިވާ ވައުދުތައްވެސް ނުފުއްދޭނެކަމަށެވެ.

މެމްބަރު ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް އެކަންކަން ނުވާނެކަމަށާއި އެއީ މިސަރުކާރުން ދަންނަ ކަންކަން ނޫންކަމަށެވެ. އެހެންކަމުން އެކަން ކުރަން ނޭނގޭނެކަމަށްވުމުން ނުވާނެކަން ސާފުކޮށް ވިދާޅުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: