ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލްގައި މެމްބަރުން ތިބެގެންވެސް ނިކުތް ނަތީޖާއެއް ނެތް، އެކަން ރަނގަޅު ކުރަންޖެހޭ: އިބްރާހިމް

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމްދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ދުވަސްތަކުގައި މީޑިއާ ކައުންސިލްގައި 15 މެމްބަރުން ތިބެގެންވެސް ނިކުތް ނަތީޖާއެއް ނެތް ކަމަށާއި އެހެންކަމުން އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމްދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މިހާރު ހުށައަޅާފައިވާ މީޑިއާ ރެގުލޭޓް ބިލާއި ގުޅޭގޮތުން އިބްރާހީމް ވިދާޅުވީ މީޑިއާ ކައުންސިލްގައި މިދިޔަ ހުރިހާ ދުވަސްތަކުގައި 15 މެމްބަރުން ތިބެގެން ނިކުތް ނަތީޖާއެއް ނެތް ކަމަށެވެ. މެމްބަރު ވިދާޅުވީ މީޑިއާ ކައުންސިލަށް ފައިސާ ދެނީ ދައުލަތުން ކަމަށެވެ.

މެމްބަރރު ވިދާޅުވީ ދިވެހި ރާއްޖޭގައި ފިތުނަ ފަސާދަ ހުއްޓުވަން ޖެހޭ ކަމަށެވެ. މީހެއްގެ އަބުރު ކަތިލުމަށްޓަކައި މީހަކު ފޭސްބޫކް ނުވަތަ އެނޫންވެސް ސޯޝަލް މީޑިއާގެ ޕްލެޓް ފޯމެއްގައި އޭނާއާއި ގުޅޭ ވާހަކައެއް ލިޔުމުން ރާއްޖޭގެ ހުރިހާ މީޑިއާއަކުން އެކަން ކަވަރު ކުރާ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އޭގެ ހަގީގަތް އެނގެނީވެސް އޭގެ އެތައް ދުވަހެއް ފަހުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

”ދައުލަތުގެ ވެރިކަން ބަދަލު ކުރުމަށްޓަކައި ކުރީގައި، 30 އަހަރުގެ ވެރިކަން ކުރި ރައީސް މައުމޫނާއި ގުޅޭ ގޮތުނއ ދައްކަމުން ދިޔައީ ތެދު ވާހަކަ ނޫން ކަން އެނގުނީ ރައީސް މައުމޫންގެ ވެރިކަން ނިމުން ފަހުން. މިސާލަކަށް މިހުރި ތީމުގޭގައި ރަން ފާހަނާ ނެތްކަން އަޅުގަނޑުމެންނަށް އިނގުނީ ދައުރު ނިމިގެން މާފަހުން. އެތަނަށް ފަނޑިޔާރުން ވަނީމާ އިނގުނީ އެއީ އެފެންވަރަށް ހަދާފަ ހުރި ތަނެއް ނޫން ކަން. އެކަމަކު ވެރިކަން ބަދަލުކޮށްލަން ވެގެން ނޫސްތަކުގަ އާއި ހުރިހާ އެއްޗެއްގައި ލިޔަމުން ދިޔައީ އެގޭގައި ހުންނަނީ ރަން ފާހަނާއެކޭ. އެގޭ ކުދިން ކާ އެއްޗެހި ގެންނަނީ ލަންޑަނުން ފްލައިޓަކުންނޭ“

މެމްބަރު ވިދާޅޫވީ އޭރު ނޫހެއްގައި ޖަހައިގެން ރައީސް މައުމޫންގެ އަބުރުވެސް ކަތިލެއްވި ކަމަށެވެ. މެމްބަރު ވިދާޅުވީ ދެ ތަނެއް އެއްކޮށްލި ކަމަށް ވީނަމަވެސް ބްރޯޑްކާސްޓިންގ އާއި އަދި އޮންލައިންވެސް ވަކިން މަސައްކަތް ކުރުމުގެ ޖާގަ އޮންނާނެ ކަމަށާއި ހަމައެކަނި ބަދަލު ވަނީ ރެގިއުލޭޓް ކުރާ ބޮޑީ ކަމަށެވެ.

ވުޒާރާތަކުން މިސާލު ނަންގަވާ މެމްބަރު ވިދާޅުވީ ކުރިން ފިޝަރީޒް އާއި އެގްރިކަލްޗަރ ވެސް އޮތީ އެއްކޮށްލާފައި ކަމަށާއި އަދި މިހާރަށް ބަލާއިރު ޓޫރިޒަމް އަދި އެންވައިރޮންމެންޓްވެސް ވަކިކޮށްފައިވާ ކަމަށެވެ. މިއީ މުޅިން ދެ ދާއިރެއް ނަމަވެސް މަސައްކަތްތައް ބަލަހައްޓަމުން އައީ އެއް ވުޒާރާއަކުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: