ލާމަރުކަޒީ ގާނޫނަށް ހުށައަޅާފައިވާ އިސްލާހާ ގުޅިގެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި ދައުރުގައި އެބަދަލު ގެންނާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ނާޒިލް ވދާޅުވީ ކުއްލިކުއްލިއަށް މިފަދަ ބަދަލުތައް ގެނައުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިދައުރުގެ ތެރޭގައި މިފަދަ ބަދަލެއް ގެނައުމަކީ އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށްވެސް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ކުރިއަށްއޮތް ދައުރަށް މި އިސްލާހަށް އަމަލުކުރަން ޖެހޭ ނަމަ އިސްލާހާއި ގުޅޭގޮތުން ވިސްނުމަށް ޖާގަ އޮންނާނެ ކަމަށެވެ.
ކުރިއަށް އޮތް ކައުންސިލަށް އިސްލާހު ތަންފީޒު ކުރާނަމަ އެބޭފުޅުންނަށް މަސައްކަތް ކުރުމުގައި ނުވަތަ ހިދުމަތް ދިނުމުގައި ކުރިއާލާއި ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމުމަށް އިސްކަން ދޭނެ ކަމަށް މެމްބަރު ވިދާލުވިއެވެ.
”ހިނގާ ބަލަމާ ކައުންސިލުން ތިބުނާ ކުދި ވިޔަފާރި ކުރަނީ. ދިރާސާއެއް ހަދަން ޖެހޭނީ. އަދި އަޅުގަނޑަކަށް ކިޔައެއް ނުދޭ މިވެނި ރަށެއްގައި ކަންމަތީ ފިހާރައެއް ހިންގައެކޭ. ކައުންސިލްތަކުން އެންމެ ބޮޑަށް މި ކުރަނީ ޕްރީ ސްކޫލްތައް ހިންގުމާއި މިއީ އާއްމު ފަރާތްތަކަށް ކޮންމެހެން ކޮށްދޭން ޖެހޭ ކަންތައް. ސަރުކާރުން ޕްރީ ސްކޫލެއް ނުއެއް ހިންގާ“
މެމްބަރު ވިދާޅުވީ އެރަށަކީ ގެސްޓްހައުސް ވިޔަފާރި ނުކުރާ ރަށެއްނަމަ އެކަން ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް އޮންނަން ވާނެ ކަމަށެވެ. ބޭނުމަކީ ރައްޔިތުންނާއި ހިސާބަށް އެކަންކަން ގެންދިޔުން ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ އޭގެ މާނަޔަކީ ގެސްޓް ހައުސް ހިންގާ ރަށްރަށުގެ ކައުންސިލުން ގެސްޓްހައުސް ހިންގުން ނޫން ކަމަށާއި، އެހެންނަމަވެސް ކުރެވޭނެ ބައިވަރު ކަންކަން އެ ރަށްރަށުގައި ވެސް ހުންނާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މިއީ ގާނޫނަކަށް ހަމަ އިސްލާހެއް ގެނައުމުގެ ބޭނުމުގައި ނުވަތަ ކައުންސިލްތަކަށް ކަންކަން ނުކުރެވޭކަން ދައްކަން ކުރާ ކަމެއް ކަމަށެވެ. މެމްބަރު ވިދާޅުވީ ކައުންސިލްތަކަށް ދީފަ އޮތް ބަޖެޓުން ރަނގަޅޫ ކަމެއް ކުރެވެން ނެތް ކަމަށާއި އެފުރުސަތު ވެސް ގެއްލުވާލަން އުޅޭ ކަމަށެވެ.

