މެލޭޝިއާ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައެއްގައި އެ ގައުމުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަބްދުލް ބާތިން މުހައްމަދު ކިޔާ މީހެކެވެ.
ފުލުހުން ބުނީ މެލޭޝިއާ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ބާތިން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ދިވެހިން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކަމަކު އޭނާއާ ގުޅިގެން މެލޭޝިއާގެ ފުލުހުން ތަހުގީގުކުރަމުންދަނީ ސީދާ ކޮން މައްސަލައެއް ކަމެއް ސާފެއް ނޫނެވެ.
ފުލުހުން ބުނި ގޮތުގައި ބާތިންގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުން ވެސް ދަނީ ތަހުގީގުކުރަމުންނެވެ.

