ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ޓީޓީއެމްގެ ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ބައިވެރިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބީ2ބީ ޓްރެވަލް ޓްރޭޑް ޕްލެޓްފޯމް ކަމުގައިވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 2025 ގެ ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ބައިވެރިވެއްޖެއެވެ.

މިހާރު ބާސެލޯ ނަސަންދުރާ މޯލްޑިވްސްގައި ކުރިއަށްދާ މި މައުރަޒުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާތު ވިޔަފާރިވެރިންނާއި، ޙިދުމަތްތެރިންނާއި، އެއަރލައިންތަކާއި، ޓުއަރއޮޕަރޭޓަރުންނާއި، ދަތުރުފަތުރާ ގުޅޭ މީޑިއާގެ ފަރާތްތައް ދެ ދުވަހުގެ މުއްދަތަށް އެއްތަނަކަށް ޖަމާވެ، މަތީ ފެންވަރެއްގައި ނެޓްވޯކް ކުރުމާއި، މަންޒިލް ޕްރޮމޯޓުކުރުމާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރާނެއެވެ.

ވީއެމްސީން ބުނީ ޑެސްޓިނޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން، ވިޒިޓް މޯލްޑިވްސްއިން މައިގަނޑު ދައުރެއް އަދާކުރާނީ ރާއްޖެ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ތަނެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ކަމަށެވެ. މީގެ ތެރޭގައި ލަގްޒަރީ، ވެލްނެސް، ހަލާލް، އެމްއައިސީއީ، އީކޯ-ޓޫރިޒަމް އަދި ސަގާފީ ދަތުރުފަތުރުގެ ދާއިރާތައް ހިމެނެއެވެ.

ވީއެމްސީން ބުނީ އިވެންޓުގައި ކުރިއަށްގެންދާހަަރަކާތްތަކާއި، ޑިޖިޓަލް ސްޓޯރީޓެލިން އަދި ވިޔަފާރީގެ ދާއިރާއާ ގުޅުން ބަދަހިކުރުމުގެ ތެރެއިން، ވިޒިޓް މޯލްޑިވްސްއިން މި ޕްލެޓްފޯމް ބޭނުންކުރާނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ދަތުރުފަތުރުގެ ވިޔަފާރީގެ ފަންނުވެރިންގެ މެދުގައި ދިވެހިރާއްޖޭގެ ފެންނަ މިންވަރާއި ނަން މަޝްހޫރުކަން އިތުރުކުރުމަށް ކަމަށެވެ.

ޓީޓީއެމް ކަނެކްޓް ޕްލެޓްފޯމް މެދުވެރިކޮށް 3،000 އަށްވުރެ ގިނަ ކުރިން ތާވަލުކުރެވިފައިވާ ބީ2ބީ ބައްދަލުވުންތައް ކުރިއަށް ދާނެއެވެ.

މި އިވެންޓް ނިންމުން އޮންނާނީ މިރޭ އަދާރާން ސިލެކްޓް ހުދުރަންފުށީގައި ބޭއްވޭ ޓީޓީއެމް އެވޯޑްސް އެންޑް ގަލާ 2025 އާ އެކުގައެވެ. މި ގަލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކޮށްފައިވާ ފާހަގަކޮށްލެވޭ ޚިދުމަތްތައްފާހަގަކޮށް، ޚިދުމަތުގެ ފެންވަރާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމާއި، އައު ގޮތްތައް ހޯދުމާއި، މާކެޓިންގ އަދި ހޮސްޕިޓަލިޓީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުން ކުރިއަށް ގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: