ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ ވޯކް-އިން އިންޓަވިއުގައި 100އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އިންތިހާބުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި 100އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއްޔެ ބޭއްވި ވޯކް-އިން އިންޓަވިއުއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ކަލާފާނު ސްކޫލްގައި ބޭއްވި ވޯކް-އިން އިންޓަވިއު އަށް 100 އަށް ވުރެގިނަ މީހުން ވަނީ ފޯމުހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދު ޒުވާނުންކަމަށް އީސީން ވަނީ ބުނެފައެވެ. އަދި އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އޮފިސަރުންނަށާއި ސީނިއަރ އޮފިސަރުންގެ މަޤާމަށެވެ.

މިއަދު ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ވޯކް-އިން އިންޓަވިއު،ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ވޯކް-އިން އިންޓަރވިއުއަށް ހާޟިރުވާއިރު އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމު ހުށަހެމާއި ވަގުތުން އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: