ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 3000 ހައުސިން ޔުނިޓުގެ މަޝްރޫއެއް މި އަހަރު ފެށޭނެ: ރައީސް

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ނިމުމުގެ ކުރިން މާލޭގައި އިތުރު 3000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފައްޓަވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިރޭ ޕީއެންސީ ކުރިޔަށް ގެންދިޔަ ހަރުގެ ޖަލްސާގަ އެވެ.

އެމަނިކުފާނު ވިދާޅުވީ، މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ އިތުރަށް ފެށޭ މަޝްރޫއެއް ކަމަށެވެ.

ރަީސް ފާހަގަކުރެއްވި ގޮތުގައި، ތަރައްގީގެ އެންމެ ބޮޑު އެއް މާނައަކީ ބޯހިޔާވަހިކަމެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ވެސް އަދި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ބޯހިޔާވަހިކަމުގެ ދާއިރާއިން ކަންކަން ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާއިރު ހަމަ މިފަދަ މަޝްރޫއުތައް އަންނަ އަހަރު ވެސް ކުރިޔަށްދާނެކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ވައުދުވީ ގޮތަށް ފުއްދުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ހަމަޖައްސަމުން މިދަނީ… ދާދި އަވަހަށް މި އަހަރުގެ ތެރޭގައި މާލޭގައި އެންމެ މަދުވެގެން 3000 ހައުސިން ޔުނިޓުގައި މަޝްރޫއެއް މާލޭގައި މި އަހަރު ނިމުމުގެ ކުރީގައި އަޅުގަނޑު ފަށާނަން

ރައީސް މުއިއްޒު ވިދާޅުވީ މި 3000 ހައުސިން ޔުނިޓުގެ މަޝްރޫައށް ބޭނުންވާ ހުރިހާ ކަމެއް ނިމެމުންދާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ވީ އެންމެ ބޮޑު އެއް ވައުދު ކަމުގައިވާ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން ރައްޔިތުންނަށް ލިބިފައި ހުރި ގޯތިތަކާއި ފްލެޓްތައް ވެސް މިހާރު ދަނީ ހަވާލުކުރަމުންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: