ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިނލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެޑުވައިޒަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަމަށް ފަހު ނާޒިމްއާއި ޖޭޕީގައި މަވަގުތު އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވާ ބޭފުޅޫންނާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރަން ފަށައިފިއެވެ.
ނާޒިމް ގާސިމް އެޑުވައިޒަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިވާއިރު ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަލީ އާރިފް ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އެހެން ބޭފުޅުން އެ ޕާޓީގެ މަސައްކަތްތަކުން ފެއަށް ޖެހިވަޑައިގަތީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓު ނުލިބިދާހެން ހީވުމުން ކަމަށް ބެލެވޭ ކަމަށް ބެލެވޭ ކަމަށެވެ.
އަލީ އާރިފް ވިދާޅުވެފައިވާ ގޮތުގައި ނާޒިމަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ވެފައި އަދި އިސް ދެ މަގާމެއްގައި އެއް ބޭފުޅަކު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެކަން އެހެން އޮތް އިރު ވެސް ނާޒިމް ގެންދެވީ ކޮމިޓީގެ ބައްދަލުވުންތަކުން އެއްވެސް މަގްބޫލު އުޒުރެއް ނެތި ތަނާޒިލް ވަމުން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ދެކެ ލޯބިވާ އަދި ލީޑަޝިޕަށް ވަޑައިގަންނަވަން ބޭނުންވާ ބޭފުޅަކު އަމަލު ކުރައްވާނެ ގޮތެއް ނޫނެވެ.
ނާޒިމަށް ރައްދު ދެއްވަމުން، އަލީ އާރިފް ވިދާޅުވީ، ޖޭޕީގެ ލީޑަޝިޕާއި ގައުމުގެ ވެރިކަން ވެސް ލިބޭނީ ގަދައަޅައި، އިޚުލާސްތެރިކަމާ އެކު އެކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ނާޒިމާއި އެހެން ބޭފުޅުން ވެސް އެ މަގުން މަސައްކަތްތައް ބައްޓަން ކުރުން ރަނގަޅު ވާނެ ކަމަށެވެ.
އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި ނާޒިމްގެ އަނބިކަނބަކުން އަފާފު އަބްދުލް މަޖީދު ކުރެއްވި ޓުވީތެއްގައި ވިދާޅުވީ ސިޔާސީ ލީޑަރުން އިހުލާސްތެރިން ދަންނަން ޖެހޭ ކަމަށެވެ.
އަފާފު ވިދާޅުވީ ގާސިމަށާއި ނާޒިމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަނިޔާ ކުރަމުން ދިޔައިރު ކުރީ ސަފުގައި އަތްޖަހަން ތިބި މީހުންގެ ތެރެއިން މީހަކު ޖޭޕީއަށް މިއަދު ވަދެގެން ގާސިމަށް އިހުލާސްތެރިއެއް ނުވާނެ ކަމަށެވެ. ލީޑަރުން އިހުލާސްތެރިން ދަންނަން ޖެހޭ ކަމަށް ވިދާޅުވެ އަފާފު ވިދާޅުވީ ނާޒިމަކީ ކުރިންވެސް އަދި މިއަދުވެސް އިހުލާސްތެރިއެއް ކަމަށެވެ.
https://twitter.com/afaaf7878/status/1192350280777490433?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1192350280777490433&ref_url=https%3A%2F%2Fwww.addulive.com%2F167297
އަލީ އާރިފް ވިދާޅުވީ ޖޭޕީއަކީ ކޮންމެ އިންތިޚާބަކާ ގުޅިގެން ފޮޅޭ މަލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ރައްޔިތުންނަށް ޚިދުމަތް ކުރާ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ޕާޓީއަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. ކުރީގެ ސަރުކާރުން ނާޒިމްގެ އިތުރުން ރައީސް ނަޝީދާއި ހޯމް މިނިސްޓަރ އިމްރާނަށް ދެއްވި އަނިޔާއާ ދެކޮޅަށް ގާސިމް ވަކާލާތު ކުރުމުން އެންމެ ފަހުން އެމަނިކުފާނުވެސް ދާން ޖެހުނީ ޖަލަށް ކަމަށް އާރިފް ވިދާޅުވިއެވެ.
އޭރު ޔާމީންގެ ސަރުކާރު ދިފާއު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް މެމްބަރު ކަމަށްވާ އާރިފް ވަނީ އެ ސަރުކާރު ބަދަލުކުރަން ގާސިމް އިބްރާހިމް ކުރެއްވި މަސައްކަތް ނުކުރެއްވި ނަމަ މިއަދު އާ ސަރުކާރު އައިސް އަނިޔާ ތަކުން މިންޖުވުމުގެ ފުރުސަތުވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

