ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން، ސަރުކާރުގެ ފަރާތުން ނުފޫޒުފޯރުވާ ޖޭއެސްސީގެ ފަރާތުން ފަނޑިޔާރުންނަށް ބިރުދައްކާ މައްސަލައިގައި ޕީޕީއެމް އަދި ޕީއެންސީގެ ވަފުދެއް ލަންކާއަށް ގޮސް ބޭރު ޤައުމު ތަކުގެ ސަފީރުންނާއި ބައްދަލުކުރަން ފަށައިފިއެވެ.
ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންގެ އިތުރުން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަރުތުގައި، ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވަވަފައެވެ.
ސަންގަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ދައުރުގައި ލަންކާގައި ހުންވާ ދިވެހި ސަފީރުކަން ކުރެއްވި މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވީ، ޕްރެސް ކޮންފެރެންސަށް ފަހު ލަންކާގައި ތިއްބަވާ ޤައުމުތަކުގެ ސަފީރުންނާއި އެ ބޭފުޅުން ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހުގައިވެސް ސަފީރުންނާއި ބައްދަލުކުރައްވާނޭކަމަށްވެސް ވިދާޅުވިއެވެ.
ބައްދަލުވުންތަކުގައި، އެންމެ ބޮޑަށް ފާހަގަކޮށްފައިވާނީ، ރައީސް ޔާމީންގެ މައްޗަށް ނުހައްޤުން އުފުލައިގެން އުޅޭ ދައުވާގައި ހުރި ކަންބޮޑުވުންތައްކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ޖޭއެސްސީގެ ފަރާތުން ފަނޑިޔާރުންނަށް ބިރު ދެއްކުމާއި، އަދި އިސްގާޟީ ހައިލަމަށް ސަރުކާރުން ނުފޫޒުފޯރިވިކަމަށް ބުނެ ނެރެފައިވަ ބަޔާންވެސް އެ ފަރާތްތަކާއި ހިއްސާކޮސްފައިވާނޭކަމަށެވެ. އަދި ހުކުމް ކުރަން 5 ގަޑި އިރަށް ކައިރިވުމުން މައްސަލަ ބައްލަވާ ފަނޑިޔާރު އެގޮތަށް ސަސްޕެންޑުކުރުމުން މި ޝަރީޢަތަށް ނުފޫޒު ފޯރުވަމުން ދާކަން ޔަޤީންވާކަމަށް ހިއްސާކުރެއްވިކަމަށްވެސް ވިދާޅުވިއެވ.
އޭގެ އިތުރުން، ރައީސް ޔާމީންގެ މައްސަލައިގެ އެއްވެސް އަޑު އެހުމެއްގައިވެސް ބައިވެރިނުވަ ފަނޑިޔާރަކާއި ކުއްލިޔަކަށް މައްސަލަ ހަވާލުކޮށް 17 ވަނަ ދުވަހަށް ތާވަލުކޮށްފައިވަނީ އުސޫލާއި، ރާއްޖޭގެ ޤާނުނު އަސާސީއާއި، ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާއި ޚިލާފަށްކަން އެ ފަރާތްތަކާއި ހިއްސާކޮށްފައިވާނެކަމަށްވެސް މުންދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދާ މަސައްކަތްތަކާއި، ޖޭއެސްސީން ކުރަމުންދާ މަސައްކަތްތަކުގެ ކަންބޮޑުވުންތައްވެސް ހިއްސާކުރެއްވިކަމަށް ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، މިކަމާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓު ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކަށް ހުށަހަޅަމުން ދަކަމަށެވެ.

