ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގާލީ އިންސާފްގެ ބިލުން އިސްލާހީ ހަރަކާތުގެ ބައިވެރިންނަށް ހައްގު ބަދަލު ހޯދައިދެވޭނެ: އަސްލަމް

ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިގާލީ އިންސާފްގެ ބިލެއް މިހާރު ރައްޔިތުންގެ މަޖްލީހަށް ހުށަހެޅިފައިވާއރު ކަމަށާއި ބިލުން އިސްލާހީ ހަރަކާތުގެ ބައިވެރިންނަށް ހައްގު ބަދަލު ހޯދައިދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނޮވެމްބަރ 22 ގައި ބޭއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެޕާޓީގެ ނައިބް ރައީސްކަމަށް ވާދަކުރައްވާ މެމްބަރު އަސްލަމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މއިންތިގާލީ އިންސާފްގެ ބިލް ފާސްވެގެންގޮސް ކުޑަ މިންވަރަކުންވެސް އަދި އެންމެ މީހަކަށްވެސް މީގެން އިންސާފު ހޯދައިދެވުމަކީ ކުރާ އުއްމީދެއް ކަމަށެވެ.

މިހާރުވެސް އެކިގޮތްގޮތުން ހައްޔަރު ކުރެވި އެކި ގޮތްގޮތުން އަނިޔާ ލިބިފައިވާއެމް.ޑީ.ޕީއަށް ނިސްބަތްވާ 1700 މީހުންގެ މައްސަލަތައްވެސް ރަނގަޅަށް ބެލި އެމީހުންނަށް ހައްގު ބަދަލު ލިބިގެންދިއުމަކީ އެންމެ ބޮޑު އުއްމީދު ކަމަށް އަސްލަމް ވިދާޅުވިއެވެ.

“ މީގެ މައިގަނޑު މަގްސަދަކަށްވެފައި މިއޮތީ އޮންބަޓްސްމަނުން ގެ އޮފީހެއް އުފައްދައި، މި ބިލްގައި ވާނެ އޮންބަޓްސްމަނުންގެ އޮފީހަށް ލީބިގެންވާ ބާރުތަކާއި އިންތިގާލީ އިންސާފް ގާއިމް ކުރުމުގައި އަމަލު ކުރަން ވާނެ ގޮއިތްތައް ގާނޫނުގައި ބަޔާންވެފައިވާނެ، ބޮޑު ވިޔާނުދާ ކަންތައްތައްގަނޑަކުން އަބަދުވެސް ހުރިހާ ގައުމެއްވެސް އަރައިގަނެ ރަނގަޅު ސަރުކާރެއް ގާއިމްކުރެވޭ އިރު އެ ދެމެދުގައި ހިނގާދިޔަ ކަން ކަން ބަލައި ރަނގަޅު އިންސާފެއް އޭގެ ތެރެއިން އަނިޔާ ލިބުނު މީހުންނަށް ހޯދައިދިނުމަކީ ދުނިޔޭގައި ވަރަށް ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް“

އަސްލަމް ވިދާޅުވީ، އރާއްޖޭގައިވެސް 2012 ގެ ފަހުން މިހިނގާދިޔަ ކަންތައްތަކާއި ގުޅޭ ގޮތުން އެކަމުގައި އަނިޔާ ލިބުނު މީހުން، ގެއްލުން ލިބުނު މީހުން އެތަކެއް ދުއްތުރާތަކެއް ކުރިމަތިވީ މީހުންނަށް ބަދަލެއް ހޯދައިދިނުން އަދި އިންސާފު ގާއިމު ކޮށްދިނުމަކީ ބިލްގެ އެންމެ ބޮޑު މަގުސަދުކަމަށެވެ.

”އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގައި ތާރީހުގެ ތެރެއިން ވެސް އަބަދުވެސް ހިނގަމުންދާ ކަމެކޭ، ސިޔާސީގޮތުން ވެރކާމާއި ހިތްހަމަ ނުޖެހެނީނަމަ، ނުރުހުނީމައި އެ ނުރުހޭ ބަޔަކަށް އަނިޔާ ދެމުން ދިއުމަކީ، އެމީހުންގެ މުދާތަށް ފޭރިގަތުމަކީ ޒާމާނުއްސުރެ ހިނގަމުން އަންނަ ކަންކަން“

ފަހުގެ ތާރީހުގެ ތެރެއިން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެތެރޭގައިވެސް ސިޔާސީގޮތުން ބަޔާން ނުކުރެވި އެތަށް ބަޔަކަށް އެތަށް ގޮތަކުން ގެއްލުން ދެވިގެން ދިޔަ މަންޒަރު ފެނިގެންގޮސްފަވާނެ ކަމަށާއި އަދިގާނޫނުގެ ބޭރުން އެތަކެއް ބަޔަކު ހައްޔަރުގައި ތިބެ އެތަކެއް  އާއިލާތަކަށް ގިނަ ގުނަ ތަކްލީފްތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

އަދި މިހާރު މި ގާނޫންގެ ދަށުން މި އުފެދޭ  ބިލުން އިންސާފު ހޯދައިދޭން ގަސްތުކޮށްގެން މަސައްކަތް ފަށައިގެންފައިވާއިރު، 2012 ގެ ފަހުން މިހިނގާދިޔަކަންކަން ވެސް މިއީ، އެކަންކަން ގާތުން ބަލައި އެކަމުގެ ގެއްލުންވި ފަރާތްތަކަށް ހައްގު ލުޔެއް ހައްގުވެގެންވާ ބަދަލެއް ހޯދައިދޭންޖެހޭ  ކަންތައްތަކެއް ކަމަށް ދެކެވެޑަަައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.  

އަދި އިންސާފު ހޯދަ ދޭންޖަހެނީ މުޅި ރައްޔިތުންނަށް ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި ގާނޫނުގެ ހުދޫދުގެ ތެރެއިން ފޯރުކޮއްދެވޭނެ އެހީތެރިކަމައް ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމްކުރުމަކީ މުހިންމު ކަމެއްކަމަށްވެސް އަސްލަމްވަނީ ފާހަގަކުރައްވާފައެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަލްއުސްތާޒާ ނާޒިމް ސައްތާރު ވިދާޅުވީ އަދިވެސް އެމް.ޑީ.ޕީގެ ބައެއް މެންބަރުންނަށް ދައުވާ ކުރަމުންދާ ކަމަށާއި ކަނޑައެޅިގެން 2012ގެ ފަހުން މިދިމާވި މިކަންތައްތަކުގެ ޕީޖީ އޮފީހާ ވާހަކަ ދައްކައިގެން ގޮތެއްނިންމަން ޖެހޭ ކަމަށެވެ.

”ވަރަށް މުހިންމުކަމެއް މިކަހަލަ ބިލެއް ފާސްވެގެން ދިއުން، މި އަޅައިގަންނަނީ ހަމައެކަނި ފުލހުންގެ ތެރެއިންނާއި ސިފައިންގެ ތެރެއިނާއި ވަކިކޮއްފައި ތިބި މީހުން އަނބުރާ ވަޒީފާއެއް ދިންކަން، އެކަމަކު އޭގެ ދަށަަށް އެތިބަ މީހުންގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ކަނޑާލައިފައި ތިބި މީހުންގެ ކަތައްވެސް އެބަ ބަލަން ޖެހޭ، މި ބިލް ތަސްދީގު ވެގެން އައުމުން ވަރަށް މުހިންމު ކަމެއްހުރިހާ އެންމެންގެ ލިސްޓެއް ހަދާ، އެމީހުންގެ މައްސަލަތައް ރަނގަޅަށް ތަހްގީގު ކުރުމަކީ“ ނާޒިމް

އެމްޑީޕީޣެ އެތެރޭގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރަނީ ރައީސް މުޙައްމަދު ނަޝީދެވެ. އަސްލަމްގެ އިތުރުން ނައިބު ރައީސަކަށް އެ ޕާޓީގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވާ މުޙައްމަދު ޝީފާޒު ވާދަކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: