ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި، ކޮރަޕްޝަނާގުޅޭ 03 މައްސަލައެއްގައި ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި

އެންޓި ކޮރޮޕްޝަންސް ކޮމިޝަން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، 2019ވަނަ އަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި،  03 މައްސަލައެއްގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އެގޮތުން، މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި އޭސީސީން ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވާ 03 މައްސަލައިގެ ތެރެއިން، މިއަހަރުގެ 03ވަނަ ކުއާޓަރުގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ 01 މައްސަލައެވެ.

މި މައްސަލައިގައި 01 ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވާއިރު، އެފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

2018ވަނަ އަހަރުގެ 03ވަނަ ކުއާޓަރުގެ ތެރޭގައި ވެސް ދަޢުވާކުރުމަށްޓަކައި އޭ.ސީ.ސީ އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 01 މައްސަލައެވެ. އަދި އެ މައްސަލައިގައި 02 ފަރާތެއް ޝާމިލްވާއިރު، އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޖުމްލަ 02 ބާވަތެއްގެ ދަޢުވާއެވެ. އެއީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އިތުރުން. މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއެވެ.

މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި އޭސީސީ އިން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި، ޖުމްލަ 3,646,500.00 (ތިންމިލިއަން ހަލައްކަ ސާޅީސްހަހާސް ފައްސަތޭކަ) ރުފިޔާ ހިމެނެއެވެ.

އޭސީސީން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން، ޖުމްލަ 12 މައްސަލަ މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހުން އަނބުރާ ކޮމިޝަނަށް ފޮނުވާފައިވެއެވެ.

އޭގެތެރެއިން، މިއަހަރުގެ 03 ވަނަ ކުއާޓަރުގައި އަނބުރާ ފޮނުވާފައިވަނީ 03 މައްސަލައެވެ. މިއަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހުން އަނބުރާ ކޮމިޝަނަށް ފޮނުވާފައިވާ އިސްވެ ދެންނެވުނު 12 މައްސަލައިގެ ތެރެއިން، 06 މައްސަލައަކީ ތަފާތު ސަބަބުތަކަށްޓަކައި ދަޢުވާ ނުކުރުމަށް ނިންމައި އެ އޮފީހުން އަނބުރާ ފޮނުވާފައިވާ މައްސަލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: