ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު އެއްވެސް އިރެއްގައި ރައީސް ނަޝީދުއަށް ގެއްލުމެއް ދޭކަށް ނޫޅޭ: އާއިލާ

ކުރީގެ ނައިބް ރައީސް އަދީބް އަދި އަނބިކަނބަލުން ނަޝްވާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ކަންބަޅިއަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުހެދުމަށް އޭނާގެ އާއިލާއިން ގޮވާލައިފިއެވެ.

އަދީބުގެ އާއިލާގެ ފަރާތުން މިހެން ބުނެފައިވަނީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ދެއްވާފައިވާ ބަޔާނާއި ގުޅިގެން  ނެރުނު ނޫސްބަޔާނެއްގައެވެ.

ނާޒިމް ދެއްވި ބަޔާނުގައި ވަނީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ އުޅަނދެއްގައި ބޮމެއް ހަރުކޮށް ގޮއްވާލަން އަދީބު އުޅުއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ.

މި ވާހަކަތަކާ ގުޅިގެން އަދީބުގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ އަފްރާޝިމްގެ މަރުގެ ތަހުގީގަށް ނާޒިމް ދެއްވާފައިވާ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ޒާތީ ތައައްސަބުން ފުރިގެންވާ ބަޔާންނެއް ކަމަށެވެ.

އެބަޔާންތަކުގައި އަދީބުގެ ނަން ބޭނުން ކޮށްގެން ދައްކާފައި ވަނީ ސާބިތު ނުހިފޭ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، ނާޒިމްގެ ބަޔާން ދެއްވާފައިވަނީ އަދީބާއި މެދު ނަފްރަތު އުފައްދަން ކަމަށް އާއިލާއިން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން އަފްރާޝިމްގެ މަރުގެ ތަހުގީގު ރިޕޯޓުން ސާފުވި އެއް ކަމަކީ ނާޒިމް އާއި ސިޔާސީ އެހެން ފަރާތްތަކުން މީގެ ކުރިން އަދީބްގެ ބޮލުގައި ޑރ އަފްރާޝީމް އަލީގެ މަރާއި ގުޅޭގޮތުން އަޅުވަމުން ދިޔަ ސިޔާސީ ދޮގު ތުހުމަތުތަކަކީ ސާބިތު ނުހިފޭ ތުހުމަތުތަކެއްކަން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކުރިޔަށް އޮތްތަނުގައި ސިޔާސީ މަންފާ ހޯދުމަށް އަދީބުގެ ނަން ބޭނުން ނުކުރުމަށާއި އަދި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކަކުން ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ކަންބަޅިއަކަށް އަދީބު ނުހެދުމަށް ވެސް އާއިލާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: